ކުޅިވަރު

ހެޓްރިކާއެކު ހަޒާޑްގެ ރެކޯޑް އަބްރަހަމް މުގުރާލައިފި

ވޯލްވާ ހެމްޓަން ވޯންޑާސް (ވޯލްވްސް) އާ ދެކޮޅަށް ޗެލްސީގެ ޓެމީ އަބްރަހަމް ހެދި ހެޓްރިކާއެކު، ޗެލްސީގައި އެޑެން ހަޒާޑް ހަދާފައިވާ ރެކޯޑް އަބްރަހަމް މުގުރާލައިފި އެވެ.

ޗެލްސީ މެޗު ކާމިޔާބު ކުރީ، 5-2 ންނެވެ. އަބްރަހަމް ހެދި ހެޓްރިކާއެކު އޭނާ ވެފައި ވަނީ ޗެލްސީގައި ހެޓްރިކު ހެދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. ކުރިން މި ރެކޯޑް އޮންނަނީ ހަޒާޑް އަތުގަ އެވެ. އަބްރަހަމްގެ އުމުރަކީ 21 އަހަރެވެ، ހަޒާޑް 2014 ގައި ނިއުކާސަލް ކޮޅަށް ލަނޑު ޖެހިއރު އޭނާގެ އުމުރަކީ 23 އަހަރެވެ. އަބްރަހަމް އެ ރެކޯޑް ހެދީ ހަޒާޑަށް ވުރެ ދެ އަހަރު ހަގު ކޮށެވެ.

އެ ހެޓްރިކާއެކު އެނާ ވެފައި ވަނީ ޕްރިމިއާ ލީގްގައި ހެޓްރިކު ހެދި އިނގިރޭސި ވިލާތުގެ ދެ ވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އެ ރެކޯޑް އޮންނަނީ އޮކްޓޫބަރު 2015 ގައި ބޯންމައުތު ކޮޅަށް ހެޓްރިކު ހެދި ރަހީމް ސްޓާލިން އަތުގަ އެވެ. އޭރު އޭނާގެ އުމުރަކީ 20 އަހަރެވެ.

މެޗުގައި ހެޓްރިކް ހެދިއިރު، ވޯލްވްސްގެ ފުރަތަމަ ލަނޑަކީ އަބްރަހަމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރޭ ގެ މެޗުގައި ޗެލްސީގެ ފުރަތަމަ ލަނޑު ޓޮމޯރީ ކާމިޔާބު ކުރީ މެޗުގެ 31 ވަނަ މިނެޓްގަ އެވެ. އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާ އޭނާ ގޯލްގެ ތެރެއަށް ވައްދާލީ ބޯޅަ ގޯލަށް އޮހިގެންދާ ގޮތަށް ފޮނުވާލައިގެނެވެ.

އަބްރަހަމްގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީމެޗުގެ 34 ވަނަ މިނެޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އޭނާ ވަނީ ޗލްސީއަށް ތިން ލަނޑުގެ ލީޑެއް ނަގައި ދީފަ އެވެ. އޭނާ ހެޓްރިކު ހެދީ 55 ވަނަ މިނެޓްގަ އެވެ.

ޗެލްސީގެ ފަސް ވަނަ ލަނޑު 96 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މޭސަން މައުންޓް އެވެ. އޭޣެ ކުރިން ޕެޓްރިކް ކްޓްރޯނޭ ވަނީ ވޯލްވްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.