ހަބަރު

މޯލްޑިވިއަން - ކޮޗިން ދަތުރުތައް އަންނަ މަހު 28 ގައި

Sep 18, 2019

ހދ. ހަނިމާދޫން އިންޑިއާގެ ކޮޗިންއާ ދެމެދުގެ ދަތުރުތައް އަންނަ މަހުގެ 28 ގައި ފަށާނެ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފި އެވެ.

އިންޑިޔާއިން ކޮޗިންއަށް ދަތުރުފެށުން އިފްތިތާހު ކުރަން އިއްޔެ ކޮޗިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޖެނިފާ ވިދާޅުވީ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައި ކަމަށެވެ. އަދި ކޮޗިންގެ ދަތުރުތަކާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.

"އަޅުގަނޑު ބޭނުން އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައިސް ރީތި ދޮންވެލި ގޮނޑުދޮށާއި، ވިލުނޫކުލައިގެ މޫދާއި، މި ހޫނުކަން އިހްސާސްކުރަން، މޯލްޑިވިއަންގެ ދަތުރުތައް ފެށުމާއެކު ދަތުރުގެ ފަސޭހަކަންލިބި އަތްފޯރާ ފަށުގައި ފަތުރުވެރިންނަށް ރާއްޖެ ބަލާލެވޭނެ،" ޖެނިފާ ވިދާޅުވި އެވެ.

ކޮންމެ ހަފްތާއަކު ތިން ދަތުރު ކުރަން މޯލްޑިވިއަން އިން ވަނީ ނިންމާފަ އެވެ. މޯލްޑިވިއަން އިން މާލެ އާއި ކޮޗިންއާ ޓިކެޓް ދެކޮޅަށް 150 ޑޮލަރަށް ވިއްކި ނަމަވެސް އަދި ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރު (3،068ރ) އަށެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ އިންޑިއާގެ ސިޓީ އެކެވެ.

މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއާބަސް 330 ބޯޓެއް ގެނެސް ޗައިނާ އާއި އެހެން ގައުމުތަކަށް ފެށުމުގެ ޕްލޭނެއް ގެންގުޅެ އެވެ. އެ ބޯޓު ގެންނަނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ކޮޗިންގެ އިތުރުން އިންޑިޔާ ޓްރިވެންޑްރަމާއި ޗެއްނާއީއަށްވެސް މޯލްޑިވިއަން އިން ދަތުރުކުރެ އެވެ.