މޯލްޑިވިއަން

ސްކޫލު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިންޑިއާއަށް އިތުރުކުރަނީ

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ކުރިއަށް އޮތް ސްކޫލު ޗުއްޓީއާ ދިމާކޮށް އިންޑިއާގެ ތިން މަންޒިލަކަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފި އެެވެ.

މި ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރަށެވެ.

ކޮޗިންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 19، 26، 31 އަދި ޖެނުއަރީ ހަތަރު ވަނަ ދުވަހު އެވެ.

ޓްރިވެންޑްރަމަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 15، 22 އަދި ޖެނުއަރީ ދޭކާއި ފަސްވަނަ ދުވަހު އެވެ.

ބެންގަލޫރަށް އިތުރުކުރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 24 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ޑިސެމްބަރު 25 އަދި 28 ވަނަ ދުވަހުވެސް ބެންގަލޫރަށް ދަތުރުކުރުމަށް ހަމަޖެހިފައިވެ އެވެ.

ދިވެހިން އިންޑިއާ އަށް ކުރާ ދަތުރުތަކުގައި އެންމެ ގިނަ ޒިޔާރަތްކުރަނީވެސް ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރަށެވެ.