މޯލްޑިވިއަން

މޯލްޑިވިއަން - ކޮޗިން ޓިކެޓް 150 ޑޮލަރަށް

Sep 6, 2019
2

މޯލްޑިވިއަންއިން އަންނަ މަހު ކޮޗިންއަށް އުދުހުންތައް ފަށާއިރު، ޓިކެޓް ވިއްކާނީ ދެކޮޅަށް 150 ޑޮލަރު (2،313ރ) އަށް ކަމަށް ބުނެފި އެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 27 ވަނަ ދުވަހު ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށާ ހަފުތާއަކު ތިން ފްލައިޓް ކޮޗިންއަށް އޮންނާނެ ކަމަށެވެ.

މޯލްޑިވިއަން އިން މާލެ އާއި ކޮޗިންއާ ޓިކެޓް ދެކޮޅަށް 150 ޑޮލަރަށް ވިއްކި ނަމަވެސް އަދި ހަނިމާދޫ އާއި ކޮޗިންއާ ދެމެދުކުރާ ޓިކެޓް ވިއްކަނީ ދެކޮޅަށް 199 ޑޮލަރު (3،068ރ) އަށެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ އިންޑިއާގެ ސިޓީ އެކެވެ.

މޯލްޑިވިއަން އިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެއާބަސް 330 ބޯޓެއް ގެނެސް ޗައިނާ އާއި އެހެން ގައުމުތަކަށް ފެށުމުގެ ޕްލޭނެއް ގެންގުޅެ އެވެ. އެ ބޯޓު ގެންނަނާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.