މޯލްޑިވިއަން

މާފަރާއި ދިއްލީއާ ދެމެދު ދަތުރުތައް ފަށަނީ

Sep 20, 2021
1

ނ. މާފަރު ބައިނަލްއަގްވާމީ ވައިގެ ބަނދަރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިދަތުރުތައް ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

ހަފްތާ އަކު ތިން ދުވަހު މި ދަތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މާފަރުން ދަތުރުތައް ކުރާނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

މޯލްޑިވިއަންގެ މި ދަތުރުތަކަކީ ކޮވިޑަށް ފަހު ގައުމީ އެއާލައިނުން ފަށާ ފުރަތަމަ ބައިނަލްއަގްވާމީ ދަތުރުތަކެވެ.

މާފަރުން ނިއުދިއްލީ އަށް ދެކޮޅު ވިއްކުމަށް ހަމަޖައްސާފައިވަނީ 285 އެމެރިކާ ޑޮލަރަށެވެ. ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 312 ޑޮލަރަށެވެ.

މޯލްޑިވިއަން އިން ބުނީ މިދަތުރުތައް ފެށުމަށް ހުޅުވާލުމާއި އެކު މޯލްޑިވިއަންގެ ވެބްސައިޓާއި އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށެވެ.