މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރުގެ އެއާޕޯޓުގެ އޭޕްރަން ބޮޑުކުރަން އެމްޓީސީސީއަށް ހަވާލުކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ގައުމީ އެއާލައިން މޯލްޑިވިއަންގެ ފަރާތުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އަބްދުﷲ ޒިޔާދެވެ. އަދި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ސަބަބުން އެއާޕޯޓުގެ ހިދުމަތް އިތުރަށް ޒަމާނީވެ، އެ ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުުރުސަތުތައް އިތުރު ވެގެން ދާނެ ކަމަށެވެ. އަދި އެމްޓީސީސީން މާފަރުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ސަބަބުން ޕްރައިވެޓް ޖެޓްތައް ޕާކު ކުރާނެ ޖާގަ އިތުރުވެ، ފަތުރުވެރިކަން އެ ސަރަހައްދުގައި ކުރިއެރާނެ ކަމަށެވެ. އަދި ނ. އަތޮޅުގައި އިގްތިސާދީ ތަރައްގީއަށްވެސް ކުރިއެރުން އަންނާނެ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އެއާޕޯޓުގައި އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއ،ި 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައ،ި ސަބްބޭސް ތައްޔާރުކޮށް، ވެއަރިންގް ކޯސްއެއް އެޅުމާއ،ި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން އެއަރފީލްޑް ލައިޓިން ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

މި މަޝްރޫއަކީ 29.85 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.