ހަބަރު

ޕީސީބީގެ ރައީސަކަށް ހަސަން ވަހީދު

Sep 23, 2019
3

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ (ޕީސީބީ) ގެ މެންބަރު ކަމަށް ފަސް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޕީސީބީއަށް އާ މެންބަރުން އައްޔަން ކުރެއްވުމަށްފަހު، އެ ބޯޑުގެ ރައީސް ކަމަށް ހަސަން ވަހީދު ހަމަޖައްސަވާފައިވާ ކަމަށެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާރު މިދިޔަ އޯގަސްޓް މަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. އެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިއްބަވަ އެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެ ބޯޑު ރަނގަޅަށް ނުހިނގާ އޮތް ކަމަށް ބުނެ ބޯޑުގެ ބައެއް މެންބަރުންގެ އިސްތިއުފާއަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.