ވިޔަފާރި

އެސްޓީއޯގެ ސުޕަ ކަޕް ޕްރޮމޯޝަން ފަށައިފި

Sep 25, 2019

އަގު ހުރި އިނާމުތަކެއް ލިބޭ ގޮތަށް އެސްޓީއޯއިން "ސުޕަ ކަޕް" ބްރޭންޑްގެ ކަޕް ނޫޑްލްސް ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގައި އޮތް ރަސްމިއްޔާތެއްގައި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

މިއަދު ފެށި ޕްރޮމޯޝަންގައި ސުޕަ ކަޕް ނޫޑްލްސްގެ ފަސް ފްލޭވަރެއްގެ ކަޕް ނޫޑްލްސް ލިބެ އެވެ.އަގުތައް އުޅެނީ 10 ރުފިޔާއާއި 12 ރުފިޔާއަށެވެ. އަދި އެސްޓީއޯގެ ހުރިހާ އައިލެންޑް ސޭލްސް ފިހާރައަކުން ލިބޭނެ އެވެ. ކޮންމެ ކަޕް ނޫޑްލްސްއެއްގައި ސްކްރެޗް އެންޑް ވިން ކާޑެއް ހިމަނާފައި ވެއެވެ.

ނޫޑްލްސް ގަނެ އެ ކާޑް ކަހާލައިގެން 200000 ރުފިޔާގެ އަގުހުރި އިނާމެއް ލިބުމުގެ ފުރުސަތު ލިބެ އެވެ.