އެސްޓީއޯ

އެސްޓީއޯ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ފަށައިފި

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.

އެސްޓީއޯ ރަމަޒާން ބަޒާރަކީ އާންމުންގެ މެދުގައި މަގުބޫލު ބާޒާރެކެވެ.

އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބެ އެވެ

މި ޕްރޮމޯޝަންތަކުގެ ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.

އެސްޓީއޯ އިން މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިއަށް ދާނީ މިއަދުން ފެށިގެން މިއަހަރުގެ އޭޕްރީލް 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރަމަޒާން ބާޒާރުގައި ލިބޭ ޑިސްކައުންޓް އަދި އޮފާތައް

  • 25 ޕަސަންޓާ ހަމަށް ޑިސްކައުންޓް ލިބިގެން ދާނެ.
  • ރޯދަ މަހުގެ ކުރިން ތިން ނަސީބުވެރި ފަރާތެއް ހޮވާނެ.
  • އެއްވަނައަށް ދާ މީހަކަށް 75،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް.
  • ދެވަނައަށް ދާ މީހަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް.
  • ތިންވަނައަށް ދާ މީހަކަށް ތިންރޫމް އެޕާޓްމެންޓްގައި ނިޕޯޕެއިންޓުގެ ކުލަ ލައިދިނުން.
  • ރޯދަ މަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއް ހޮވާ 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުން.
  • މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި ހޮވުން

މުޅި ޕްރޮމޯޝަން ނިމުމުން ހޮވާ ތިން ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ހޮވޭ މީހަކަށް ޓާކީ ދެކޮޅު ޓިކެޓް ދެ މީހަކަށް ލިބިގެންދާއިރު ދެވަނަ ނަސީބުވެރިޔަކަށް ހޯމްއެޕިލިއެންސް ޕެކޭޖެއް އަދި ތިންވަނަ ނަސީބުވެރިޔަކަށް 65 އިންޗީގެ ފިލިޕްސް ޓީވީއެއް ލިބިގެން ދާނެ އެވެ .

ގުރުއަތުން ދިމާވާ މީހަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދޭނެ އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު އެސްޓީއޯގައި ހުރި ޕްރޮޑަކްޓްތަކުގެ ތެރެއިން ޕްރޮޑަކްޓެއް ބޭނުން ކުރާ ގޮތް ދައްކާލާނެ އެވެ .އަދި ޕްރޮޑަކްޓް ދައްކާލުން ކުރިއަށްދާ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތު ލިބިގެން ދާއިރު އެ ޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއްވެސް ލިބެ އެވެ.

ކޮންމެ ހަފުތާއަކު ހުކުރު، ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްސްތަކުންވެސް ޑިސްކައުންޓު ލިބިގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

އެސްޓީއޯގެ އީ ސްޓޯރު މެދުވެރި ކޮށްވެސް ޕްރޮމޯޝަން ޕްރޮޑަކްޓު ލިބިގެން ދާނެ އެވެ. ފުރިޖު އަދި ދޮންނަ މެޝިން ފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީވެސް ކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.