މީހުން

ސަލްވާގެ ފަށުފުލާ އަނގޮޓި ރީތި ކަމުން!

މޯލްޑިވިއަން އައިޑަލްގެ ތިން ސީޒަންގަައި ކުޑަ ދުވަސްކޮޅަކަށް ވިޔަސް ބެލުންތެރިންގެ ލޮލުގައި އަަޅައިގަތް ޒުވާނުންގެ ހަނދާންތައް އަދިވެސް ފިލައެއް ނުދެ އެެވެ. އެ ލިސްޓުގެ ކުރީ ހިސާބަކުން ޖާގަ ދެވޭނެ އެއް ކުއްޖަކީ ފަހު ސީޒަންގައި ފެނުނު މަރިޔަމް ސަލްވާ އެވެ. ތިން ވަނަ ސީޒަންގައި ބައިވެރިވި ސަލްވާ އައިޑަލް ޝޯ އާ ވަކިވީ ގަދަ 10 އެއް ހޮވި ބުރު އެވެ. ގާލާ ރައުންޑުގެ ފުރަތަމަ ބުރުން ސަލްވާ އައިޑަލް ޝޯ އާ ވަކިވިޔަސް ލަވައިގެ ތެރެއިން ނުކުމެގެނެއް ނުދެ އެވެ. އަދި އިހަށްވުރެ ސަލްވާގެ އަޑުވީ ގަދަ އެވެ.

އެކަމަކު ފަހަކަށް އައިސް ސަލްވާގެ ނަމުގައި ތަފާތު ހުށަހެޅުންތަކެއް ވެސް ފެންނަންް ފަށައިފި އެެވެ. މިއުޒީޝަނުންނާއި ލަވަކިޔުންތެރިނަކީ ވެސް ފަންނުގެ ދަރިންނަށް ވާއިރު، އެންމެ ފަހުން ހުޅުމާލޭގަައި ބޭއްވި "ފަންނުގެ ދަރިން" ފެސްޓިވަލްގައި ސަލްވާ ފެނުނީ ގިޓާއާއެކު ރާގު ކުޅެ ލަވަ ކިޔަން ހުއްޓަ އެއް ނޫނެވެ. އޭނާ ފެނުނީ "ސަަލްވާސް" ގެ ނަމުގައިވާ ސްޓޯލެއްގައި ހުއްޓެވެ. އެ ތާނގައި ވިއްކަން ހުރީ ސަލްވާގެ އަމިއްލަ ލަވަ އަލްބަމް ތަކެއް ވެސް ނޫނެވެ. އެކަމަކު ސަލްވާ އަމިއްލައަށް ތައްޔާރު ކޮށްފަައި ހުރި ފަށު ފުލެވެ. ބަލައިލަން އެތަކެތިު ރީތި ވެފައި ވަރަށް ޒަމާނީ ވެސް މެއެވެ.

ކުލަ އާއި ރެސިން ބޭނުން ކޮށްގެން ފަށު ފުލާއި އަނގޮޓި ސަލްވާ ތައްޔާރު ކުރަނީ އެވެ. އެތަކެތި ސަ،ލްވާ އުފައްދަނީ ގޮނޑުދޮށަށް ބީއްސާލާ ރާޅުގެ މަންޒަރާއި ކަނޑުގެ އެކި ކުލަތައް ރަމްޒުވާނެހެނެވެ. އެއިން ފުލެއް ކައިިރިން ބަލާލުމުން ބައެއް ފަހަރު ކަނޑުގެ ފޮނުގަނޑެއް ފެންނަ ހެން ވެސް ހީވެ އެވެ.

ސަލްވާ ބުނި ގޮތުގައި އެއީ ހުރެލާފައި ކުއްލިއަކަށް ފެށުނު ކަމެއް ނޫނެވެ. ލަވަ ކިޔުމަކީ އޭނާގެ ހުނަރަކަށްވެފައިވާ ވާ ފަދައިން އާޓްގެ ކުރެހުންތަކުގެ ތެރޭގައި އޭނާއަށް އުޅެވެ އެވެ. އަދި އެއީ އޭނާގެ ހުނަރެކެވެ.

"ހަނދާން ހުރޭ ސަލްވާ ވަރަށް ކުޑައިރުވެސް ކުރަހަން. އެކަމަކު މިހާރު އެހެން ކުރަހައެއް ނޫޅެން. އެކަމަކު ބުނެވޭނެ ކްރާފްްޓީ މީހެކޭ މީ. ކުދިން 2013 ގައިވެސް މިކަހަލަ ޕެންޑަންޓް [ފަށު ފޫ] ތަކެއް ހަދައިގެން އުޅުނިން. އެއީ އެއާ ޑްރައި ކޮށްގެން ކްލޭ ބޭނުން ކޮށްގެން. އެއަށްފަހު އެކި އެއްޗެހި ބޭނުންކޮށްގެން އެކްސްޕެރިމަންޓް ކުރަަމުން ރެސިން އާޓް އަށް ވަދެވުނީ. މިހާރު ހުރިހާ ޕެންޑަންޓް ތަކެއްވެސް އެއީ ރެސިން އާޓް އިން ހަދާފަައިވާ އެއްޗެހި" ސަލްވާ ބުންޏެވެ.

ރެސިން އަކީ އާޓިސްޓުންގެ މެދުގައި އާޓް ވޯކްސް ހަދަން ގެންގުޅޭ ވައްތަރެއްގެ މެޓީރިއަލް އެކެވެ. ކުލަ އާއި ރެސިން އެއްކޮށް ތަފާތު އިފެކްޓުުތައް ގެނެވެ އެވެ. ސަލްވާ އަށް ވެސް ރެސިން އާޓިސްޓުންގެ މި މަސައްކަތްތައް ކަމުދިޔަ އެވެ. އަދި އެ ރެސިންގަނޑާ ކުޅެން ދަސްކޮށް ކުލަ އާ އެއްކޮށް ފަށު ފުލާއި ރީތި އަނގޮޓި ހަދައިގެން ވިއްކަން ފެށީ އެވެ. އެކަން ފެށުނީ މިއަހަރު އެވެ.

"ކޯހެއް އެއްޗެއް ނުހަދަން ދަސް ކުރާކަށް. ހަމަ މުޅީން ޔޫޓިއުބް ބަލައިގެން ދަަސް ކުރީ. އެހާ ފަސޭހަ ކަމެކޭ ވެސް ނުބުނެވޭނެ. ރީތިކޮށް އެއްޗެއް ނިންމާލަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ" އޭނާ ބުންޏެވެ.

ލަވަކިޔުމާ ދުރުން މިގޮތަށް ހޭދަ ކުރާ ވަގުތުތައް ސަލްވާއަށް މާ ހިތްހަމަ ޖެހެ އެވެ. ލަވައިން ލިބޭ ފީޑްބެކް އަށްވުރެ ސަލްވާއަށް ކަމުދިޔައީ އާޓް ކޮމިއުނިޓީގެ ފީޑްބެކެވެ. އާޓިސްޓުންގެ މެދުގައި އޮންނަ ލޯތްބާއި އެކަކު އަނެކަކު ކުރިއަރުވަން ކުރާ މަސައްކަތްތައް މުޖުތަމައުއިން މާ ބަލައިގަންނަ ކަމަށް އޭނާ ބުނެ އެވެ.

"ލަވަ ކިޔުމާއި މިކަން ކަޗޫސް ކުރަން ބުނެފި ނަމަ އަސްލު ޗޫސް ކުރާނީ އާޓް. އެއީ ބައެއް ފަހަރު ލަވަ ކިޔައިގެން ޝޯ ނިންމާފަ އަންނަ އިރު ކޮމިއުނިޓީ އިން ލިބޭ ފީޑްްބެކް އެހާ ރަނގަޅު ނުވެދާނެ. ހިތްހަމަ ނުޖެހިދާނެ. އެކަމަކު އާޓް ކޮމިއުނިޓީ ވަރަށް ސަޅި. އަބަދުވެސް ވަރަށް ސަޅި ވައިބް އެއް އޮންނަނީ އެމީހުންގެ. ވަރަށް އެޕްރިޝިއޭޓް ވެސް ކުރޭ!"

ސަލްވާގެ ހިތް މިހާރު އޮތީ އާޓް ދާއިރާ އަށެވެ. އެކަމަކު ލަވަ ކިޔުމަކީ ވެސް ދޫ ނުކޮށްލެވޭނެ ކަމެކެވެ. އަދި ސަލްވާގެ އާ ލަވައެއް ފޭނުންނަށް ވަރަށް އަވަހަށް ފެންނާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއެވެ.