ހަބަރު

ޑީޕޯޓު ކުރުމުގެ ކުރިން ތަހުގީގު ކުރަން ޖެހޭ

Sep 29, 2019
1

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެނިކޮށް، އިމިގްރޭޝަނުން ޑީޕޯޓު ކުރި ބިދޭސީން ޑީޕޯޓް ނުކޮށް، ހައްޔަރުކޮށް ތަހުގީގު ކުރަން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޑީޕޯޓްކުރި ދެ ބިދޭސީން ހައްޔަރުކޮށް، ތަހުގީގު ކުރިނަމަ މާ ރަނގަޅުވީސް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މީހުން ހައްޔަރުކޮށްގެން އެކަމުގައި ގުޅުން ހުރި ދިވެހިންނާއި ކޮންކޮން ބިދޭސީންނެއް ތޯ ބަލައިލެވުނުނަމަ ރަނގަޅުވީސް ކަމަށެވެ.

"ގާނޫނާ ހިލާފު ވެގެން އާދައިގެ ބިދޭސީއެއް ޑީޕޯޓް ކުރުމަކީ މައްސަލައެއް ނޫން. އެކަމަކު ބޮޑުންގެ ގޮތުގައި ބެލެވޭ މީހުން ޖެހޭ ތަހުގީގު ކުރަން. އޭރުން ދެން މޫލާފައި ހުރިވަރު ހޯދަން،" ފައްޔާޒު ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް އުޅެނިކޮށް، މިދިޔަ މަހު ޑީޕޯޓް ކޮށްލާފައިވަނީ ބަންގްލަދޭޝްގެ ދެ މީހުންނެވެ. މީގެ ތެރެއިން އެކަަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގަމުން ގެންދިޔަ މީހެކެވެ. އަދި އަނެއް މީހާއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ މީހެކެވެ.