ޓީޗަރުންގެ ދުވަސް

އެވްރިޑޭ ހީރޯސް: ޓީޗަރަކާއެކު އެއްދުވަސް

ބަތޮލުންނަކީ ކޮބައި ހެއްޔެވެ؟ އާއްމު ގޮތެއްގައި ބަތޮލުންގެ ދަރަޖަ ދެވޭނީ ގައުމަށްޓަކައި ހާއްސަަ ކަމެއް ކޮށްދީ ގުރުބާންވާ މީހުންނަށެވެ. ބަތޮލުންނޭ ބުނުމުން ހަނދާނަށް އަންނަ އަބްތޯލުންނާއި ޝަހީދުންނާ މާ ދުރުގައި އެ ދަރަޖަ ނުލިބޭ ބަތަލުން ވެސް އުޅެ އެވެ. އިނގިރޭސި ބަހުންނަމަ އެއީ "ހީރޯސް" އެވެ. އެއީ ކޮންމެ ދުވަހަކު އަހަރުމެންނާ ބަައްދަލުވާ މީހުންނެވެ. އެންމެ ތުއްތު އިރުން ފަށައިގެން އެމީހުންނާ ގާތު އެކުގައި އުޅެވެ އެވެ. ބޮޑުވުމުން ވެސް އެމީހުންގެ ހިދުމަތްތައް ނޭނގި ނަމަވެސް ގާތުން ލިބެ އެވެ. އެއީ ގައުމުގެ މުސްތަގުބަލު ބިނާ ކުރުމުގައި ފިކުރު ކުރާ މުދައްރިސުންނެވެ. ބަަތޮލުންނޭ ނުބުންޏަސް އެއީ ހަމަ "އެވްރީ ޑޭ ހީރޯސް" އެވެ.

ޓީޗަރުންނަކީ ކޮންމެ ދުވަހެއްގެ ގިނަ ވަގުތުތައް ސްކޫލް މާހައުލުގައި ހޭދަ ކުރާ މީހުންނެވެ. ހެނދުނު ސްކޫލަށް ދާ ގޮތަށް ރޭގަނޑު ގެއަށް ނިދާލަން ދާ ޓީޗަރުން ވެސް ބައިވަރު އުޅެ އެވެ. މިއީ މާލޭގެ ނޫނަސް އަތޮޅުތަކުގެ ގިނަ ސްކޫލް ޓީޗަރުންގެ ވެސް އާދަ އެވެ. ސްކޫލަކީ އެމީހުންގެ ގެ އެވެ.

އެހެންކަމުން، ޓީޗަރަކާއެކު އެއްދުވަސް ހޭދަވާ ގޮތް އަަހަރުމެން ވެސް ތަޖުރިބާކޮށްލާ ހިތްވި އެވެ. ޖަމާލުއްދީން ސްކޫލުގެ ހައްވާ ޝަޒްނާ (ޝަޒޫ މިސް) އާ އަހަރުމެން ދިމާވެ، ޝަޒްނާގެ އެއްދުވަސް ހޭދަވާ ގޮޮތް ހޯދަން ދިއައީމެވެ. އިންޓަވިއު އަކަށް އެދުމުންވެސް އެންމެ ފުރަަތަމަ އަތަށް އައީ ޝަޒްނާ ކިޔަވައިދޭ ކްލާސްތަކުގެ ތަފްސީލާއެކު އޭނާގެ ދުވަސް ގަޑިތަކަށް ފައްތާފައިވާ ބޮޑު ޓައިމް ޓޭބަލް އެވެ.

ހެނދުނު ހެނދުނާ 6:45 ގައި ދާ ގޮތަށް އޮންނަނީ ސްކޫލް ފެށިފަ އެވެ. ކްލާހުގައި ތިބޭ 32 ކުދިންގެ "މަންމަ" އަކަށް ވަގުތުން އެ ބަދަލުވީ އެވެ. ހަވާލުވެ ހުންނަ ކްލާހާއެކު ހެނދުނުގެ ނާސްތާ ނެގުމަށްފަހު ސެޝަން ގަޑިތައް ފަށަ އެވެ. ފަހަރަކު ގަޑި އެއް ނަގަމުން އެހެން ކްލާސްތަކަށް ސަބްޖެކްޓް ކިޔަވައިދެމުން ގޮސް މެންދުރު ބަންގި އާ ހަމައިން ސެޝަން ނިމޭއިރު ހުސް ވަގުތަށް ލިބުނީ ބަރާބަރު 35 މިނެޓުގެ ދެ ބްރޭކެވެ.

ހެނދުނު ސެޝަން ނިމި މިސްގެ "ކުދިންކޮޅު" ސަލާންކޮށް ގޭޓުން ނުކުތަސް ޝަޒޫ އަކަށް އެެހެން ނިކުމެގެން ނުދެވެ އެވެ. އަދި މަސައްކަތް އޮތީ އެވެ.

ސްކޫލުގައި ނަގައިދިން ފިލާވަޅުތައް ޗެކްކޮށް ފޮތްތައް މާކް ކުރުމާއި ޖެހިގެން އަންނަ ދުވަހަށް ތައްޔާރު ވުމެވެ. އިތުރު ހަރަކާތެއް އޮތިއްޔާ އެކަމުގައި ވެސް އިސްވެ އުޅެ އެވެ. ހަމަ ހެޔޮ ހިތުންނެވެ. ކުރާ ހިތުންނެވެ. ހަމަ ނޭވާ އެއް ލާން ލިބެނީ ރޭގަނޑު ކަމަށް މިސް ބުންޏަސް މިއީ މުޅިން ތެދެއް ކަމަށް މިސްގެ ވާހަކައިން ލަފާ ކޮށްލެވެެ އެވެ. ހަމަ ނޭވާ އެއް ލާނެ ވަގުުތެއް ދުވަހަކު ހަގަޑި ނޫނީ ހަތް ހަޑި ނަގާ އިރު އެބަ އޮތް ހެއްޔެވެ؟

ޝަޒޫ އަކީ ޖަމާލުއްދީން ސްކޫލްގެ ގްރޭޑް އަށެއްގެ ސައިންސް ޓީޗަރެވެ. މިއަދު ހުރިހާ ކުދިންގެ ޝަޒޫ މިސް ސްކޫލް ނިންމި ގޮޮތަށް ޓީޗިން ހެދުމަށް ފަހު ފީލްޑަށް ރަސްމީ ކޮށް ނިކުތީ ހަގު އުމުރެއްގަ އެވެ. އޭގެ ފަހުން ބްރޭކެއް ނުނަގާ ފަހަރަކު ކްލާހަކަށް ފަހަރަަކު ބެޗަކަށް ކިޔަަވައިދިނުމުގައި 13 އަހަރު ހޭދަ ކޮށްފި އެވެ.

"ވަރަށް ޓައިޓް ކޮށް ކޮންމެ ދުވަހެއްވެސް މި ދަނީ އަސްލު. އެއް ގަޑި ނޫނީ ދެ ގަޑި މި ލިބެނީ ފްރީ ކޮށް. އެހެން އޮއްވާ ޓީޗާ އެއް އެބްޒެންޓް ވެއްޖިއްޔާ ޖެހޭނެ ވަންނަން އެ ކްލާހަކަށް. ކްލާހެއްގަ ޓީޗަރެއް ނެތި ހުސްކޮށް މި ސްކޫލުގައި ނުހުންނާނެ އެހެން. ޓީޗަރުން ހަމަ އެބްޒެެންޓް ވެސް ވާނެ. ދެން މިހެން ބުންޏަސް ދާނެ ވަރަށް ހުސް ކޮށް ދާ ދުވަސްތައް ވެސް. އެކަމަކު މަދުުވާނެ އޭގެ ދުވަހެއް!"

ސްކޫލުގައި ހޭދަ ކުރާ ވަގުތުގެ އިތުރުން އާއިލާ އަށްވެސް ވަގުތު ދިނުމަށް ވެސް ޝަޒޫ މަސައްކަތް ކުރެ އެވެ. އެހެންނަމަވެސް ކަންދިމާ ކުރި ގޮތުން މި އަހަރުވެސް މިސް އާ ދަަރިފުޅާ ދެ ސެޝަނެކެވެ. ޝަޒޫ ހެނދުނު ދާއިރު އިރު އޭނާގެ ދަަރިފުޅު ދަނީ މެންދުރު ފަހު އެވެ. އެ ދެ މައިންނަށް އެކުގައި ވަގުތު ހޭދަކޮށްލަން ލިބެނީ ހަވީރު ފަހަކަށް ފަހު އެވެ. އެވެސް އިތުރު ހަަރަކާތެއް ނެތިއްޔާ އެވެ. ދަރިފުޅާ ދުރުން ގިނަ ވަގުތުތައް ހޭދަކުރި ކަމުގައި ވިޔަސް އެއީ ޝަޒޫގެ ނިންމުމެވެ. އެތައް ވަގުތެއް ގުރުބާން ކޮށް ސްކޫލުގައި ހޭދަަ ކުރާ އެންމެ ސިކުންތަކާމެދު ވެސް ހިތްހަމަ ނުޖެހި މި ދާއިރާ ދޫކޮށް ދާން ބޭނުން ނުވާ ކަމަށް ޝަޒްނާ އުފަލާއެކު ބުނެ އެވެ.

"ޝަޒޫގެ ދަރިފުޅާ ބައެއް ދުވަސްތައް ދާނެ ދިމާ ނުވެ. ވަރަށް ދެރަވެސް ވޭ އެކަމަކުވެސް ހަމަ ވަޒީފާ ވެފަ، މިކޮޅުގަ ވެސް ހަމަ ކުދިންތަކެއް ދޯ އެ ތިބެނީ މަޑުކޮށްގެން. ހެނދުނު ޝަޒޫ ސްކޫލަށް އަންނަ އިރު އޭނަ އޮންނާނީ އަދި ނިދާފަ. ދެން ދިމަ އެއް ނުވާނެ. ދެން ގެއަށް ދާއިރު އޭނަ އުޅޭނީ މިތާ ސްކޫލްގައި. އޭނަ ނިމެނީ ހަވީރު 5:45 ގަ. ދެންވެސް ނިމިގެން ގެއަށް ދާއިރު ޝަޒޫ އަނެއްކާ އަންނަން ޖެހޭނެ ސްކޫލަށް. މިއީ އަދި އެންމެ ދަރިއެއް ހުންނަ ޓީޗަރެއްގެ ވާހަކަ. ބައިވަރު ކުދިން ގޮވައިގެން އުޅޭ ޓީޗަރުންނަށް ވަރަށް އުނދަގޫ ވާނެ."

ޓީޗިން ދާއިރާއަކީ ޝަޒޫގެ އެންމެ ފުރަތަމަވެސް ޗޮއިސް އެވެ. ކެމިސްޓްރީ އާއި ފިޒިކްސް އިން ސްޕެޝަލައިޒް ވިޔަސް މިހާރު މަސައްކަތް ކުރަނީ ސައިންސް ޓީޗަރެއްގެ ގޮތުގަ އެވެ. ސައިންސް ބޮޑު ފޮތުގެ ސެލް ސިސްޓަމް އިން ފަށައިގެން ގޮސް އަަހަރު ދުވަސް ޕީރިއަޑިކް ޓޭބަލް ކުދިންގެ ބޮޮލަށް ވައްދަައިދެވޭތޯ މަސައްކަތް ކުރެ އެވެ. ގުދުރަތީ ގޮތުން އެއްޗިހި އުފެދޭ ގޮތާއި އެއަށް ދީފައިވާ ސައިންޓިފިކް ނަންތަކަކީ ޝަޒޫ ކިޔާ ކިޔާ ފޫހި ނުވާ ދުލަށް ފަަރިތަ ނަންތަކެވެ.

އެހެން ނަމަވެސް ފާހަގަ ކޮށްލަން ބޭނުންވާ އުނދަގޫތަކެއް ހުރި ކަމަށް ޝަޒޫ ބުނެ އެވެ. އާ ގަވައިދުގެ ދަަށުން އަައި ކުއްލި ބަދަލާއެކު މަސައްކަތް ދެ ގުނަ ބުރަ ވެ ވަގުތުވެސް އިހުނަށްވުރެ މަދުވީ އެވެ. ކްލާސްރޫމް ބެލުމާއެކު ނަގައިދޭ ފިލާވަޅުތަކަށް ވަގުތުން މާކްސް ދޭން މަޖުބޫރުވި އެވެ. 35 މިނެޓުގެ ވަގުތަށް ކްލާހުގެ 32 ކުދިންގެ ހުރިހާ އެސެސްމެންޓެއް ނިންމަން ޖެހޭ ކަމަށް ޝަޒޫ ބުންޏެވެ.

" އަސްލުގަ ކުރިއާ ބަލާފަ ކުރަންޖެހޭ މަސައްކަތް ވަރަށް ބޮޑު. ކުރީގަ ވެއްޖިއްޔާ އޮންނަނީ ޔުނިޓް ޓެސްޓާ ޓާމް ޓެސްޓު. މިހާރު އޮން ގޮއިން އެސެސްމަންޓް ވީމަ، ކޮންމެ ޔުނިޓެއް ކޮންމެ ފިލާވަޅެއްް ނިންމާފަ އެ ކުއްޖަކަށް އިންނަ އިންޑިކޭޓާ އެއް އެބަޖެހޭ އިނގޭތޯ ބަލަން. ނޭނގުނިއްޔާ އޭނަ އަށް އެބަޖެހޭ އިތުރު ފުރުސަތު ދޭން. ދަސްވިތޯ ވެސް ބަލަން ޖެހޭ. އެހެންވެ އެކި ކަހަލަ އެކި ލެވެލްގެ ކުދިން އުޅޭ އިރު ބޮޑު ޗެލެންޖެއް މީ. ކުއްލިއަކަށް އައި ޗޭންޖެއް ވީމަ އުނދަގޫ. އެކަމަކު ކުދިން މަދުކޮށް ޓީޗަރުން ގިނަކޮށް ބެލެންސް ކުރެވޭ ނަމަ ރަނގަޅު ބަދަލެއް މީ" ޝަޒްނާ ބުންޏެވެ.

ސްކޫލާއި އެޑިއުކޭޝަންގެ އާ ގަވާއިދުތަކަށް ވެސް ހޭނެން ޖެހުނަސް އެކަމަށްވެސް ދެކޮޅު ހެދުމެއް ނެތެވެ. އެންމެ ފަހު ވަގުތު އެ ލިބޭ ހިތްހަމަ ޖެހުމާއި އުފަލަކީ ބުނެދޭންވެސް ނޭނގޭ އުފާވެރި ކަމެއް ކަމަށް ޝަޒޫ ބުނެ އެވެ. ޝަޒްނާގެ ދަރިވަރެއް ވަޒީފާއެއްގައި ހުއްޓާ ފެނި ލޯބިން އައިސް ވާހަކަ ދައްކާލާ ހިސާބުން ޓީޗަރަކަށް ވުމުން ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުން ލިބި މަގްސަދު ހާސިލްވީ ކަމަށް ބުންޏެވެ.

"ކުދިންގެ ފަރާތުން އެ ލިބޭ ލޯބި އެއީ ހަމަ ހިތްހަމަ ޖެހޭ ކަމެއް. ވަރަށް ފަހުން ފެށި ދަސްވާރު ޕްރޮގްރާމްގަ ކިޔެވި ކުއްޖެއް. އެއްދުވަހު ހޮސްޕިޓަލަށް ދިޔަ އިރު އައިސް ހަމަ ވާހަކަ ދައްކާލާފަ ބުނެފި، މިސް ކިހިނެތްހޭ. ހަނދާން އެބަހުރިހޭ. ދެން މިހާރު އެތާ ވަޒީފާގަ އުޅޭ ކަމާ މިހާރު ޑިގްރީ އަށް ވަންނަން އުޅޭ ކަމަށް ބުނި. އޭނައަށް އޯލެވެލް އާ ހިސާބަކަށް ނުދެވުނު އެކަމަކު ވޮކޭޝަނަލް ޓްރެއިނިން ހަދައިގެން ސެޓްފިކެޓް ހަދައިގެން އެ ލެވެލްގަ ފެނުނީމަ ވަރަށް އުފާވި. އޭނަ ހުރީ ހޮސްޕިޓަލުގެ އެ ޝިފްޓާ ހަވާލުވެ. ނުކިޔެވި ބާކީ ވެގެން ދިޔަ ނަމަ އެހެން ނުފެނުނީސް"

ޝަޒްނާ މިސްގެ ބުރަ އެއް ދުވަސް ދާ ގޮތް އަހަރުމެންނަށް ގާތުން ފެނުނެވެ. އިހުސާސްވެސް ކުރެވުުނެވެ. ހަމަ ޔަގީނުންވެސް ކުއްޖެއްގެ މުސްތަގުބަލު ބިނާ ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެެ. ގައުމުގެ ތަރައްގީ އަށްޓަކައި އަމިއްލަ ނަފްްސު ގުރުބާން ކުރާ "ހީރޯސް" އަށް އެންމެ ދުވަހެއްގެ މެސެޖަކުން ޝުކުރު އަދާ އެއް ނުކުރެވޭނެ އެވެ.