އިންޑިއާ

އިންޑިއާއިން ދިވެހި މަސްދޯންޏެއް ހިފަހައްޓައިފި

ދިވެހި މަސްދޯންޏެއް، އިންޑިއާގެ ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ދިވެހިރާއްޖޭގެ މަސްދޯންޏެއް އިންޑިޔާގެ ސަރައްދަށް ވަދެ އުޅެނިކޮށް އިންޑިޔާގެ ކޯސްޓްގާޑުން އެ ދޯނި ވަނީ ހިފަހައްޓާފައެވެ. އެއީ "އަންބަރީ" ނަމަކަށް ކިޔާ މަސްދޯންޏެކެވެ.

އެ ދޯނި، އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ މަލިކުގެ ތިން މޭލު ބޭރުން ކަމަށްވެސް އެނގިފައިވެއެވެ.

އަދި އެެ ދޯނި އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށައް ގެންގޮސް، އިންޑިއާ މެރިން ފޮލިސްއިން މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބިފަައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.