ހަބަރު

ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފި

ޤަވައިދާއި ހިލާފަށް ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް ހިފަހައްޓައިފި އެވެ.

އިއްޔެގެ ވަގުތެއްގައި މި ބޯޓު ފެނުނީ ކ. މާފުށީ ކައިރީން މަސްވެރިކަން ކުރަމުންދިޔަ ރާއްޖޭގެ ދޯންޏަކަށެވެ. އެ ދޯންޏަށް އެ ބޯޓު ފެނިގެން ރޭގެ ވަގުތެއްގައި އެމްއެންޑީއެފަށް ވަނީ ރިޕޯޓު ކޮށްފަ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފައިވާ ކަމަށެވެ. އަދި ރިޕޯޓު ލިބުމުން އެމްއެންޑީއެފަށް އިންޑިއާއިން ދީފައި އޮންނަ ފްލައިޓްގައި އެ ބޯޓު އޮތް ސަރަހައްދު ދެނެގަނެ މިހާރު ބޯޓު އޮތީ ކޯސްޓުގާޑުގެ ހުރަވީިގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެ ބޯޓުގައި ފަޅުވެރިންގެ ހަ މީހަކު ތިއްބެވެ. ކޮން ގައުމެއްގެ ބޯޓެއް ކަމެއ ނުބުނެ އެވެ.

މީގެ ކުރިންވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅޭ އެކި ގައުމުތަކުގެ މަސްބޯޓުތައް ވަނީ އަތުލައިގެންފަ އެވެ. އެކަން ގިނަފަހަރަށް އެމްއެންޑީއެފް އަށް ރިޕޯޓު ކުރަނީ ވެސް މަސްވެރިންނެވެ.