ޓިއުނީޝިއާ

ތޫނިސްގެ އިދިކޮޅު ލީޑަރު މިނިވަންކޮށްފި

ސަރުކާރުގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ޖަލަށް ލައިފައިވާ ތޫނިސްގެ އިދިކޮޅޫ ލީޑަރު މޯރިސް ކަމާޓޯ މިނިވަންކޮށްފި އެވެ. މޯރިސް މިނިވަން ކުރުމަށް އަމުރު ކުރީ ތޫނިސްގެ މިލިޓަރީ ކޯޓަކުންނެވެ.

މޯރިސް ޖަލުން މިނިވަންކޮށްފައި ވަނީ ތޫނިސްގެ މިހާރުގެ ރައީސް ޕަޔޯލް ބިޔާ، އިދިކޮޅު ސިޔާސީ ލީޑަރުން ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ޔޫރަޕާއި އެމެރިކާއިން ތޫނިސްއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެ އިންޒާރު ވެސް ދީފައި ވަނިކޮށެވެ.

މޯރިސް ޖަލަށް ލީ މިދިޔަ އަހަރު ތޫނިސްގައި ހިނގި ސިޔާސީ ހަމަނުޖެހުމުގައި ސަރުކާރުގެ އިސް ވެރިންނާ ގުޅިގެން ސަރުކާރު ވައްޓާލާށާއި ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު އޮޅުވާލަން މަސައްކަތް ކުރުމުގެ ތުހުމަތުގެ އިތުރުން، ސިފައިންނާއި ފުލުހުންގެ އެހީގައި ބަޣާވާތެއް ގެންނަން ތައްޔާރުވަމުންދާ ކަމަށް ބުނެ އެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހެޅިފައި ނުވާތީ ތޫނިސްގެ ވެރިރަށް ޔައުންޑާގެ މިލިޓަރީ ކޯޓުން ވަނީ މޯރިސް ފުރިހަމަ އިއްޒަތުގައި މިނިވަން ކޮށްފަ އެވެ.

މޯރިސް އަކީ ތޫނިސްގެ އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ. އޭނާ މިނިވަން ކުރުމުން އެތައް ހާސް ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އުފާ ފާޅުކޮށްފަ އެވެ.