ދުނިޔެ

ޓިއުނީޝިއާގައި ރިޔާސީ އިންތިހާބު އޮކްޓޯބަރު 6 ގައި

ޓިއުނީޝިއާގެ ރައީސް ގައީސް ސައީދު -- ރިޔާސީ އިންތިހާބު އޮކްޓޯބަރު ހައެއްގައި އޮންނާނެކަން ވަނީ އިއުލާންކުރައްވާފައި
0%
0%
0%

ޓިއުނީޝިއާގައި ރިޔާސީ އިންތިހާބު އަންނަ އޮކްޓޯބަރު ހައެއްގައި އޮންނާނެ ކަމަށް އެ ގައުމުގެ ރައީސް ގައީސް ސައީދު އިއުލާންކުރައްވައިފި އެވެ.

ގައީސް ސައީދު ޓިއުނީޝިއާގެ ރައިސްގެ މަގާމަށް ވަޑައިގަތީ 2019 ގައެވެ. ފަސް އަހަރުގެ ދައުރަކަށްފަހު، ދެވަނަ ދައުރަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓިއުނީޝިއާގެ ސިޔާސީ ހާލަތު އޮތް ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅުން ވަނީ އިންތިހާބުގައި ބައިވެރި ނުވާން ނިންމާފަ އެވެ.

އިދިކޮޅު ޕާޓިތައް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ސައީދުގެ ޒައާމަތުގައި އިންތިހާބުގެ އެއްވެސް ކަމެއް ރަނގަޅަކަށް ނުދާނެ އެވެ. އާންމު އިންތިހާބާއި ލޯކަލް މުނިސިޕަލް އިންތިހާބު ދޫކޮށްލަން ޖެހުނީވެސް ސައީދުގެ ނުފޫޒާ ހެދި ކަމަށް އިދިކޮޅުން ބުނެ އެވެ.

ޓިއުނީޝިއާގެ އިގުތިސާދީ ހާލަތުގެ ސަބަބުން ގައުމު ބެލެހެއްޓުން ސައީދުގެ ސަރުކާރަށް ވަނީ ބުރަކަމަކަށް ވެފަ އެވެ. ތަކެތީގެ އަގުބޮޑުވުމާއި ކުށަކާ ނުލައި ސިޔާސީ ހަރަކާތްތެރިން ހައްޔަރުކުރުން ފަދަ އަމަލުތަކާ ހެދި އާންމުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފަ އެވެ.

އާންމުންގެ ބައިގަނޑުތައް ގުރޫޕް ހަދައި މަގުތަކަށް ނުކުމެ ދައުލަތުގެ މުދަލަށް ގެއްލުން ދިން މައްސަލާގައި ސައީދު ވަނީ 2021 ގައި ސަރުކާރު އުވާލައި ގާނޫނު ހަދާ މަޖިލީސް ވެސް އުވާލައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910