ދުނިޔެ

ތޫނިސްގެ ރައީސް ގައީސް ސައީދަށް ދެވަނަ ދައުރެއް

ތޫނިސްގެ ރައީސް ގައީސް ސައީދު -- ރިޔާސީ އިންތިޚާބުގައ- 90 ޕަސެންޓަށް ވުރެ ގނަ ވޯޓު ލިބިވަޑައިގެންނެވި
0%
0%
0%

ތޫނިސްގައި އިއްޔެ އޮތް ރިޔާސީ އިންތިހާބުގައި -- ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި ގައީސް ސައީދަށް 90.69 ޕަސެންޓް ލިބިވަޑައިގެންފި އެވެ. މިހެންކަމުން އޭނާއަށް ރައީސްކަމުގެ ދެވަނަ ދައުރެއް ކަށަވަރުވީ އެވެ.

އިންތިހާބަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތޫނިސްގެ އިންޑިޕެންޑެންޓް ހައި އޮތޯރިޓީ ފޯ އިލެކްޝަންސްގެ ވެރިޔާ ފާރޫގު ބޫއަސްކަރު ވިދާޅުވި ގޮތުން ވޯޓުލާން ނުކުތީ 28.8 ޕަސެންޓެވެ.

ތޫނިސްގެ އާބާދީ އަކީ ގާތްގަނޑަކަށް 12 މިލިއަނެވެ. އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުން 9.7 މިލިއަން މީހުން ވޯޓުލުމަށް ޝަރުތު ހަމަވެ އެވެ.

ތޫނިސްގައި އެންމެ ފަހު އޮތް ރިޔާސީ އިންތިހާބުގައި -- 2019 ގައި އޮތް އިންތިހާބުގައި 55 ޕަސެންޓް މީހުން ވޯޓުލި އެވެ. މި ފަހަރު މިހާ ކުޑަ އަދަދެއް ވޯޓުލާން ނުކުތް ސަބަބެއް ކަމަށް ބުނަނީ ސަރުކާރާ މެދު އާންމުގެ މެދުގައި އޮތް ނުތަނަސްކަމެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފަހަރުގެ އިންތިހާބުގައި ގައީސް ސައީދަށް މާބޮޑު ވާދަވެރިކަމެއް ނެތެވެ. އިދިކޮޅު ލީޑަރުންގެ ފަރާތުން ވާދަވެރިކަމަށް ނުނިކުތް ސަބަބެއް ކަމަށް ބުނަނީ އިންތިހާބާ މެެދު ނުތަނަވަސްކަން ފާޅުކުރެވެން ނެތުމެވެ.

ސަރުކާރުގެ ބާރުތަކުގެ އިތުރުން މިނިވަން މުއައްސަސާތަކަށް ރައީސް ބާރު ފޯރުވާ މައްސަލަ ތޫނިސްގައި ވަރަށް ބޮޑެވެ.

މިކަމާ މެދު ސަރުކާރުން ބުނަނީ މިނިވަން މުއައްސަސާތަކުން އެ މީހުންގެ އަސާސީ ވާޖިބުތައް އަދާނުކުރާ ކަމަށެވެ.

މިނިވަން މުއްސަސާތައް ހިންގުމަށް ސަރުކާރުން ގޮތްފޮތް ނުކިޔާ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. މަސައްކަތްތައް ހުއްޓާލައިގެން ތިބޭތީ، މުއައްސަސާތައް ހިންގުމަށް ބާރުއަޅަނީ ކަމަށް ސަރުކާރުން ބުނެ އެވެ.

ތޫނިސްގައި މި ފަހަރު އޮތް ރިޔާސީ އިންތިހާބާ މެދު އާންމުގެ މެދުގައި އޮތީ ނުތަނަވަސްކަމެވެ. އާންމުގެ ގިނަ މީހުން ބުނާ ގޮތުން ރިޔާސީ އިންތިހާބެއްގެ އިހްސާސް ވެސް މިފަހަރު ނުކުރެވެ އެވެ. ވޯޓުލުމުގެ ފޯޜި ނެތް ކަމަށްވެސް ގިނަ ބަޔަކު ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910