ހަބަރު

ތިން ކޯޒްވޭއެއް ޑިޒައިންކޮށް އީއައިއޭ ހަދަން ހަވާލުކޮށްފި

ތިން އަތޮޅެއްގައި ހަދާ ތިން ކޯޒުވޭއެއްގެ އީއައިއޭ އާއި ޑިޒައިންގެ މަސައްކަތް އިންސާ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

ތ. ވޭމަންޑޫ އާއި ތ. ކިނބިދޫއާ ދެމެދު އޅަން ނިންމާފައިވާ ކޯޒްވޭގެ ޑިޒައިނާއި އީއައިއޭގެ މަސައްކަތް 33 ދުވަހުގެ ތެރޭގައި ނިން މާގޮތަށް ޕްލޭނިން މިނިސްޓްރީން އިންސާ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައި ވަނީ، 185,000.60 ރުފިޔާއަށެވެ.

ގދ. ފަރެސްމާތޮޑާ އާއި، ފަރެސްމާތޮޑާ އެއާޕޯޓް އަދި މަޑަވެއްޔާއި ހޯޑެއްދޫ ކޯޒުވޭގެ މަސައްްކަތް ވެސް ހަވާލު ކޮށްފައި ވަނީ ވެސް އެކުންފުންޏާ އެވެ. އެ ކޯޒުވޭގެ ޑިޒައިނިނާއި އީއައިއޭގެ މަސައްކަތް 80 ދުވަހުގެ ތެރޭގައި ނިންމަން ހުށަހަޅާފައިވާއިރު، އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ 174,661.50 ރުފިޔާ އަށެވެ.

މީގެ އިތުރުން، މ. މުއްޔާއި މ. ނާލާފުށިގެ ކޯޒުވޭ ޑިޒައިނާއި އީއައިއޭގެ މަސައްކަތް 210,000.33 ރުފިޔާއަށް ހަވާލު ކުރީ ވެސް އިންސާއަށެވެ. އެ މަސައްކަތަށް ދީފައި ވަނީ 39 ދުވަހުގެ މުއްދަތެވެ.

މި ކޮންޓްރެކްޓްގައި ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އިންސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް އިންޖިނިއާ އާދަމް ސާނީޒެވެ.