ސްޓެލްކޯ

ސްޓެލްކޯއަށް ދިއުމުން ހިލޭ ލެޑް ބޮކި

Oct 6, 2019
2

ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް ލެޑް ބޮކި ހަދިޔާ ކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން، ސްޓެލްކޯއިން ލެޑް ބޮކި ދޫކުރަން ފަށައިފި އެވެ.

ސްޓެލްކޯގެ މައި އޮފީސް ކުރިމަތީ މޭޒު ބަހައްޓަައިގެން ލެޑް ބޮކި ދޫކުރުމުގެ މަަސައްކަތް މިހާރު އެ ކުންފުނިން ގެންދަނީ ކުރަމުންނެވެ. ސްޓެލްކޯ އިން ބުނީ މީގެ ކުރިންވެސް އެ ކުންފުނިން ލެޑް ބޮކި ދޫކޮށްފައިވާ ކަމަށާ މިހާރު ދޫކުރަމުން ދަނީ ބާކީ ހުރި ބޮކިތައް ކަމަށެވެ.

އަދި މިފަހަރު ލެޑް ބޮކި ދޫކުރާނީ ކުރިން ދޫކޮށްފައި ނުވާ ގޭބީސީ ތަކަށް ކަމަށެވެ. ލެޑް ބޮކި ދޫކުރަމުން ދަނީ ކަރަންޓު މީޓަރަކަށް 2 ބޮކީގެ ރޭޓުންނެވެ.

ހުރިހާ ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތައް ބެހުމަށް ސަރުކާރުން ވަނީ ތިން ކުންފުންޏަކަށް ހަވާލުކޮށްފައެވެ. އެއީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އެވެ.

އެންވައިރޮމެންޓް މިނިސްޓްރީން ބުނީ، އެ ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ހަރަދުކުޑަ ލެޑް ބޮކިތަކެއްކަމަށާއި، 200000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓް ކަމަށެވެ.