ހަބަރު

ގޭބީސީތަކަށް ލެޑް ބޮކި ބަހަން ކުންފުނިތަކާއި ހަވާލުކޮށްފި

އެންވައިރޮމެންޓް މިނިސްޓްރީން ލެޑް ބޮކިތައް ޔުޓިލިޓީ ކުންފުނިތަކާއި ހަވާލު ކުރަނީ -- ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ
0%
0%
0%

ހުރިހާ ގޭބީސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ލެޑް ބޮކިތައް ބެހުމަށް ސަރުކާރުން ޔުޓިލިޓީސް ކުންފުނިތަކާއި ހަވާލުކޮށްފި އެވެ.

ރާއްޖޭގެ ކޮންމެ ގޭބީސީއަަކަށް 2 ލެޑްބޮކި ދިނުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ ބޮކިތައް ބެހުމަށް މިއަދު ހަވާލުކުރީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެވެ.

ލެޑް ބޮކިތައް ޔޫޓިލިޓީ ކުންފުނިތަކަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވައިރޮމެންޓް މިނިސްޓަރު ހުސައިން ރަޝީދު ހަސަން ވިދާޅުވީ، ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމަށްޓަކައި ހަކަތަ ސަމަކާރަ ތަކެތި ގަތުމަށާއި، އާންމު ދިރިއުޅުމުގައި ހަކަތައިގެ އިސްރާފުކުޑަވާނެ ގޮތަކަށް އާދަތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ހަކަތަ އިގުތިސާދުކުރުމަށްޓަކައި ހަކަތަ ސަމަކާރަ ލޭބަލް ހެދުމުގެ މަސައްކަތާއި ދިވެހިރާއްޖޭގެ ބިލްޑިންގ ކޯޑަށް ބޭނުންވާ ކޮމްޕްލަޔަންސް ޑޮކިއުމެންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގެ އިތުރުން ހަކަތަ ސަމަކާރަ ތަކެތި ފޯރުކޮށްދިނުމަށް ޕްރޮގްރާމުތައް ހިންގަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެންވައިރޮމެންޓް މިނިސްޓްރީން ބުނީ، އެ ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ހަރަދުކުޑަ ލެޑް ބޮކިތަކެއްކަމަށާއި، 200000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓް ކަމަށެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910