ކުޅިވަރު

މިލާންގެ ކޯޗް ކަމުން ޖަމްޕައޮލޯ ވަކި ކޮށްފި

މިލާންގެ ކޯޗް ކަން މި ސީޒަންގައި ހަވާލު ކުރި، މާކޯ ޖަމްޕައޮލޯ ސީޒަންގައި ހޯދަމުންދާ ދަށް ނަތީޖާތަކާ ހުރެ އޭނާ ކޯޗް ކަމުން ވަކި ކޮށްފި އެވެ.

މިލާންގެ ކޯޗް ކަމުގައި އޭނާ ހޭދަ ކުރީ ތިން މަހެވެ. ކޯޗް ކަން ޖޫން މަހު އޭނާއާ ހަވާލު ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. ލީގްގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީ ވަނީ ހަތަރު މެޗުން ބަލި ވެފަ އެވެ. ހަތް މެޗުގައި ޖެހިފައި ވަނީ ހަ ލަނޑެވެ.

ޖަމްޕައޮލޯ އަކީ، މިލާންގައި މިދިޔަ 37 އަހަރު ތެރޭ ލީގްގެ ފުރަތަމަ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ފުރަތަމަ ކޯޗެވެ. ހޮނިހިރު ދުވަހު ޖެނޯއާ އަތުން 2-1 މޮޅުވި ނަމަވެސް ޖަމްޕޯލާގެ ވަޒީފާ ސަލާމަތެއް ނުކުރެވުނެވެ. ޔޫރަޕްގެ ކުރީގެ ގަދަ ބާރު އޮތީ ލީގްގެ 13 ވަަނައިގަ އެވެ.

އޭނާ އަކީ، މެސިމިލިއާނޯ އެލެގްރީ 2014 ވަނަ އަހަރު މިލާން ދޫކޮށްލި ފަހުން އެ ޓީމުން ވަކި ކުރި ހަތް ވަނަ ކޯޗެވެ. މިލާންގެ ކޯޗް ކަމަށް އަންނާނެ ކަމަށް ބެލެވެނީ ފިއޮރެންޓީނާގެ ކުރީގެ ކޯޗް، ސެޓެފާނޯ ޕިއޮލީ އެވެ.