ޓިއުނީސިއާ

ހައްޔަރުކުރި ޓިއުނީޝިއާގެ ރިޔާސީ ކެންޑިޑޭޓް މިނިވަންކޮށްފި

ނަބީލް ކަރޯއި: މަނީ ލޯންޑު ކުރެއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި
0%
0%
0%

މިއަހަރު ސެޕްޓެމްބަރު މަހު ޓިއުނީޝިއާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއް ކަމަށްވާ ނަބީލް ކަރޯއި ޖަލު ބަންދުން ދޫކޮލައިފި އެވެ. ނަބީލް ހައްޔަރުކޮށްފައި ވަނީ އޭނާ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ދެ ދުވަސް ފަހުން މިދިއަ އޯގަސްޓް މަހު އެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެންމެ ނުފޫޒު ގަދަ ކެންޑިޑޭޓް ގޮތުގައި ފާހަގަވެފައިވާ ނަބީލް ހައްޔަރު ކުރީ މަނީ ލޯންޑު ކުރުމުގެ ކުށް ހިންގެވި ކަމަށް ބުނެ އެވެ. ނަމަވެސް ނަބީލް ނިސްބަތްވާ ގަލްބް ޓޫނުސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފަ ވަނީ، ނަބީލް ހައްުޔަރު ކޮށްފައި ވަނީ ސިޔާސީ މަގްސަދެއް ހާސިލު ކުރަން ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ނަބީލް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވީ ޓިއުނީޝިއާގެ ރައީސް ބޭޖީ ކޭޑް އެސެބާއި އަވަހާރަވުމާ ގުޅިގެންނެވެ.

ނަބީލް މިނިވަންކުރަން ކޯޓުން ނިންމި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރިކަން ޓިއުނީޝިއާގެ އިދާރާތަކުން ރަސްމީކޮށް އެންގީ ހައްޔަރުކުރިތާ ތިން ދުވަސް ފަހުންނެވެ. ނަބީލް ޖަލު ބަންދުން ދޫކޮށްލާކަން އިދާރާތަކުން އެންގުމުން، އޭނާގެ ސަޕޯޓަރުން ވަނީ މިހާރު މަގުމަތި ފުރާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910