ލައިފްސްޓައިލް

25 ވުމުގެ ކުރިން 50 ގައުމަށް ދާން!

ފާޑު ފާޑު ދަތުރުވެރިން އުޅޭނެ އެވެ. މިއަކީ ވެސް ދަތުރުވެރިއެކެވެ. އެކަމަކު މިއީ އަދި އެހާ އާދައިގެ ދަތުރުވެރިއެއް ނޫނެވެ. މިއަކީ ބޯޓު ދަތުރު ކުރާ މީހެއް ވެސް ނޫނެވެ. މުޅިން ތަފާތު ވައްްތަރެއްގެ ދަތުރުތަކެއް ކުރަނީ 6،000 ފޮޮލޯވަރުންނާއެކު "މޯލްޑިވޯ ޓްރެވެލާ" ގެ ނަމުގައި އިންސްޓަގްރާމްގައި މަގުބޫލު ކަމެއް ހޯދާފައިވާ ރ. އަތޮޅުގެ އިނގުރައިދޫ ހުސައިން އަންވަރެވެ.

މިއީ އާ ފާޑަކަށް ޓްރެވެލް ކުރާ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ 22 އަހަރުގެ ޒުވާނެކެވެ. އޭނާގެ އިންސްޓަގްރާމް ފީޑް ނިއުޅާލާއިރު އޭނާގެ ދަތުރުތަކުގެ ފޮޓޯތައް ފެންނަން ހުރެ އެވެ.

އަންވަރު އޭނާގެ ދަތުރުތައް ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. އަދި އެއީ ވަގަށް ފެށުނު ދަތުރެކެވެ. އޯލެވެލް ނިންމުމަށްފަހު އަަވަށްޓެރި ސްރީލަންކާއަށް އަންވަރު ދިޔައީ އާއިލާގެ އެކަކަށްވެސް ނޭނގި އެވެ.

ހުސައިން އަންވަރު، ވިއެޓްނާމްގައި --

އޭރުވެސް އޭނާ އުޅެމުން އައީ އާއިލާ އާ ވަކިން މާލޭގަ އެވެ. އަންވަރުގެ "އަންޕްލޭންޑް" ހަފުތާ ދަތުރުގައި އޭނާއަށް ވަރަށް މަޖާވެފައި ތަޖުރިބާތަކެއް ވެސް ލިބުނެވެ. އެކަމަކު އެނބުރި އައުމުން އާއިލާގެ ހިތްހަމަ ނުޖެހުމާ ކުރިމަތިލާން ޖެހުނެވެ.

"އެންމެ ފުރަތަމަ ދަތުރު ނިންމާފަައި މާލޭ އެއާޕޯޓަށް ފޭބި ހިސާބުން ބަސްޓު ވެއްޖެ! އެއީ 2015 ހިސާބުގައޭ ހަނދާންވަނީ. މަންމަމެން ތިބި ވާހަކަ ވެސް ނުދައްކަ ތިން މަސް ވަރު ވަންދެން. ދެން އެހާ ކުޑައިރު އެއީ އެވަރުގަަ އެކަނި ރައްޓެއްސަކާ އެކީ ދިޔައީމަ ހިތްހަމަ ނުޖެހުނީ... އެކަމަކު ފަހުން ވަރަށް ސަަޕޯޓިވް،"

އެ ދަަތުރަށް ފަހު އަންވަރު މާލޭގައި ހުންނަ ވަގުތުތަކަށް ވުރެ ގިނައިން އުޅެނީ ދުނިޔޭގެ އެކި ހިސާބުތަކުގަ އެވެ. އަޒުމެއް ވެސް ކަނޑައަޅައިގެންނެވެ. އުމުރުން 30 އަހަރުވުމުގެ ކުރިން 50 ގައުމަށް ދާށެވެ. މިހާރުވެސް 13 ގައުމަކަށް އޭނާ ވަނީ ގޮސްފަ އެވެ.

އޭނާގެ ލިސްޓުގައި ސްރީލަންކާ އާއި އިންޑިއާ އާއި އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި ތައިލެންޑާއި ޖަޕާނާއި ތުރުކީ އާއި ސައުދީފަދަ ބައިވަރު ގައުމަތައް ހިމެނެ އެވެ.

"ރާއްޖޭގެ ރަށްރަށަށް ވުރެ ބޮޑަށް ބޭރު ގައުމުތަކަށް ބޮޑަށް އެކްސްޕްލޯ ކޮށްލާ ހިތްވަނީ. އެކަމަކު ރަށްރަށް ވެސް ނުދާކަށް ނޫން ބައެއް ރަށްރަށަށް ދެވިފައިވޭ އެކަމަކު ފޯކަސް އޮތީ ބޭރު ގައުމުތަކަށް"

އިންޓަނޭޝަނަލް ވަރަށް އެއާޕޯޓްތަކަށް އަންވަަރު ވަރަށް ފަރިތަ އެވެ. ސްޓޮޕްތަކާއި ރޫޓުތައް ވެސް ހިތުދަހެވެ. އަންވަރުގެ ދަތުރު ތަަކުގެ މައި ހަބަކީ މެލޭޝިއާ އެވެ. ދަތުރުތަކުގައި އެންމެ ފުރަތަމަ ދަނީ މެލޭ އަށެވެ. ދަތުރުގެ އަސްލު މަންޒިލް ފެށެނީ އެހިސާބުންނެވެ. އަންވަރު ބުނި ގޮތުގައި މެލޭ އަށް ގޮސް އެހެން ތަން ތަނަށް ދިއުމަކީ މާ ފަސޭހަ ގޮތެކެވެ. މެލޭގައި ހުރެލާފަ ދެން ދާން ބޭނުންވާ ޑެސްޓިނޭޝަން އަކަށް ދާންވީ އެވެ.

ދަތުރުތަކުގައި އަންވަރުގެ އެންމެ ބޮޑު އެހީތެރިޔާ އަކީ ފޯނެވެ. މިކަމަށް ހާއްސަކޮށް ފޯނަށް ޑައުންލޯޑް ކޮށްފައި ހުރި އެޕްލިކޭޝަންތަަކުގެ އަދަދު 35 އަށް އަރައެވެ. އޭގެ ތެރެއިން އެއްބައި އެޕް ތަކަކީ ފްލައިޓުގެ ކަންކަމުގައިި އަޅާފައިވާ އެޕްތަކެވެ. ދެން ހޮޓަލާއި ކެއުމާއި ނަގާ ފޮޓޯ ތަކާއި އެ ފޮޓޯ ތަަކުގެ އެޑިޓިން އެޕްލިކޭޝަންތައް ވެސް ހިމެނެ އެވެ. މިއިން ކޮންމެ ދަތުރެއްގެ ވެސް އެންމެ މުހިއްމު ކަމަކީ ރައްކާ ކުރަން ނަގާ ފޮޓޯގަނޑެވެ. އެ ފޮޓޯތައް އިންސްޓަގްރާމް އަށް ދޫކޮށްލާއިރު ކޮންމެ ފޮޓޯ އަކަށްވެސް އެތައް ވަގުތެއް ހޭދަ ކުރެ އެވެ.

"ބައެއް އެޕްތައް ބުނެދޭ ޕޯސްޓު ކުރަން ވީ ގަޑި އާއި ފޮޓޯ ޕޯސްޓް ކުރުމުން ހުންނާނެ ގޮތް ވެސް. އެގޮތުން، 'ވެން ޓު ޕޯސްޓް' ކިޔާ އެޕް އިން ބުނާނެ އެންމެ މީހުން އެކްޓިވް ގަޑި. ދެން އަޅުގަނޑުގެ ގިނަ ފޮލޯވާސް ތިބޭނީ މާލޭގަ ވީމަ، މާލެ މީހުން ގިނައިން އޮންލައިންގަ އުޅެނީ ހެނދުނު 10:00 ޖަހާއިރު އެއީ ބޮޑަށް ހީވަނީ އޮފީސް ގަޑި ވެފައި، އެހެންވެ އެގަޑީގަ ގިނަ ފޮޓޯތައް ލަނީ. އަދި އިންނާނެ 'ޔޫއެންްޔޫއެމް' ކިޔާ އެޕެއް. އެ އެޕް އިން ބުނެދޭނެ ފޮޓޯ އިންސްޓަގްރާމަށް ލީމަ ފީޑް ހުންނާނެ ގޮތް. " އަންވަރު ފޯނުގައި ހުރި 30 އަކަށް އެޕްލިކޭޝަންގެ ތެރެއިން ދެ އެޕެއްގެ ބޭނުން ކިޔައިދިނެވެ.

މި ހުރިހާ ދަަތުރުތަކަށް ފައިސާ ހޯދަނީ ކިހިނެތް ހެއްޔެވެ؟ އެކަމަށްވެސް އަންވަރު ބުނަނީ ގައުމުތަކަށް ޓްރެވަލް ކުރުމަކީ ކުރަން އެނގިގެން ކޮށްފި ނަމަ އަގު ހެޔޮ ކަމެކޭ އެވެ.

"އެޕްތައް ބޭނުންކޮށް ރިސާޗް ކޮށްގެން ކުރާ ނަމަ ކުރެވޭނެ ހެޔޮ އަގެއްގައި. ސޭވް ކުރަން ވަރަށް މަސައްކަތް ކުރަަން. އަމިއްލަ އޮންލައިން ވިޔަފާރި އެއްވެސް ހިންްގަން. އެއިން ވެސް ފައިސާ ލިބޭނެ ހަމަ މަސައްކަަތް ކޮށްގެން. ކެރިގެން އަޒުމެއްގަ އުޅެފި ނަމަ އެކަންވާނެ،"

"މޯލްޑިވޯޓްރެވަލާގެ" ގައުމުތަކުގެ ލިސްޓުން އަދިވެސް ދާން އެންމެ ބޭނުންވި ގައުމަކަށް ނުދެވެ އެވެ. އަންވަރު ބުނާ ގޮތުންނަމަ އެ ގައުމަށް ދަަންޏާ މުޅި އެ ސަރަހައްދު ވެސް ބަލަން ބޭނުމެވެ. ދަންޏާ ދާން ބޭނުމީ ބޮޑު ޓުއާ އަކަށެވެ. އެއީ މިހާރު ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ހަނީމޫން ޑެސްޓިނޭޝަން، ގްރީސްގެ ސެންތޮރިނީ އެވެ. އަންވަރުގެ އުއްމީދަކީ އަންނަ އަހަރު ގްރީސްގެ ޓިކެޓު އަވަހާ އަތަށް އެރުމެވެ!