ގުރީން ސްޓްރީޓުން ލީޑު ނަގާފައި ވަނިކޮށް ގުރަންޑޭއިން ފަހު ވަގުތު މެޗުގެ ނަތީޖާ 1-1 ން އެއްވަރުކޮށްފި އެވެ.
މި ދެ ޓީމު ލީގްގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު ގުރީން ކާމިޔާބު ކުރީ 3-0 ންނެވެ. މިއަދުގެ މެޗުގައި ވެސް ފުރަތަމަ ލީޑް ނެގީ ގުރީނުންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ގުރީންގެ ހާފުގެ މެދާހިސާބުން މުހައްމަދު އާރިފް (ބަކާ) ގުރީންގެ ޕެނަލޓީ އޭރިއާ ދިމާލަށް ބޯޅަ ނަގައިދިނީ އަޝްފާގް އޮފްސައިޑް މަޅިން ސަލާމަތްވެ ހުސްކޮށް ހުރުމުންނެވެ. ބަކާ ނަގައިދިން ބޯޅައިގެ ކޮންޓްރޯލް އަޝްފާގަށް ލިބުނީ ގުރާންޑޭގެ ޕެނަލްޓީ އޭރިއާ ތެރެއިންނެވެ. އެ ބޯޅަ ދިފާއު ކުރަން ގުރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް ކުރިއަށް ނުކުތް ނަމަވެސް އަޝްފާގް އެ ބޯޅަ ފޮނުވާލީ ފައިސަލްގެ ބޯމަތިން އޮއްސާލާފަ އެވެ.
އޭގެ ފަހުން ގުރާންޑޭއަށް ވަނީ ލަނޑު ޖާހާނެ ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. ގުރީންގެ އޭރިއާގެ ތެރެއިން އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިފާއު ކުރީ މުޅި ގޯލް ފުރާލައިގެނ ތިބި ގުރީނގެ ކުޅުންތެރިންނެވެ.
ގުރާންޑޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ އެއްގަ އެވެ. ޕެނަލްޓީން ގުރާންޑޭގެ ލަނޑު ކާމިޔާު ކުރީ އުބައިދާ ހަތޫމް އަހުމަދެވެ.