މޯލްޑިވްސް ކަސްޓަމްސް ސާވިސް

ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފި

Oct 19, 2019
2

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބޭސް ނައްތާލައިފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި ނައްތާލާފައިވަނީ މިއަދު ކ. ތިލަފުށީގެ ސައިޓްގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ހަލާކުވުމުގެ ސަބަބުން ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗާއި ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން މިއަދު ނައްތާލި ތަކެތީގެ ތެރޭގައި އޮރިޔާންކާޑު އުފެއްދުމާއި، ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތިވެސް ހިމެނެއެވެ.