ހަބަރު

ހެޕަޓައިޓިސް ބީ ވެކްސިން ދޭ ނިސްބަތް 98 ޕަސެންޓުގައި

ރާއްޖޭގައި ހެޕަޓައިޓިސް ބީގެ ވެކްސިން ދެވޭ ކުދިންގެ ނިސްބަތް 98.5 ޕަސެންޓުގައި ހިފެހެއްޓިފައި ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތުން މިއަދު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ބަލިތަކުން ރައްކާތެރިކޮށް ފަރުވާ ދޭން ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން ހެޕަޓައިޓިސް ބީ ގެ ވެކްސިން ދެވޭ ކުދިންގެ ނިސްބަތް 98.5 ގައި ހިފެހެއްޓިފައި ކަމަށެވެ.

އެ ބަލީގައި އަހަރަކު 1.34 މިލިއަން މީހުން މަރުވެ އެވެ. މި ވައިރަހުގެ ފަސް ވައްތަރެއް އުޅެ އެވެ. ރާއްޖޭގައި ހެޕަޓައިޓިސް ބީގެ 90 އަށްވުރެ ބޮޑު ޕަސެންޓެއް ކޮންޓްރޯލް ކުރެވިފައިވެ އެވެ.

ހެލްތު މިނިސްޓްރީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން އަންނަނީ ގައުމީ ފެންވަރުގައި މި ބަލި ފެތުރޭ ގޮތްތަކާއި ބަލި ފެތުރިފައިވާ މިންވަރު ބަލާ ދިރާސާ ކުރަމުންނެވެ. އަދި ރާއްޖޭގައި ހެޕަޓައިޓިސް އަށް މަސައްކަތް ކުރުމަށް ނެޝަނަލް ހެޕަޓައިޓިސް ޕްރޮގްރާމެއް އެޗްޕީއޭ އިން މިއަދު ފަށާނެ އެވެ.