ވިޔަފާރި

ބިޒްނަސް އެވޯޑަށް ކުރިމަތިލާންވީ ކީއްވެ؟

Oct 23, 2019

ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ އަދި އެންމެ ފާހަގަ ކޮށްލެވޭ ވިޔަފާރިއާ ގުޅުން ހުރި އެވޯޑުތަކުގެ ލިސްޓުގައި މިހާރު އޮންނަ އެއް އެވޯޑަކީ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް" އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސް ބާއްވަނީ "ބްލޭޒަން އިންކް" އިންނެވެ. މޯލްޑިވްސް ބިޒްނަސް އެވޯޑަށްކުރިމަތިލުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށާއި ވިޔަފާރިވެރިންގެ އިތުރުން މި ދާއިރާއާ ގުޅުން ހުރި ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތް ތަކެއް ހިމެނޭ އުސޫލުން ދެވޭ އެވޯޑެކެވެ. މި އެވޯޑުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ކުރިއެރުމާ، ހުނަރާ އަދި ނަމޫނާ ދައްކާ ވިޔަފާރިތަކާއި ވިޔަފާރިވެރިންގެ އަގު ވަޒަން ކުރުމެވެ.

ބިޒްނަސް އެވޯޑުގެ ކުރުކޮށް

  • ވިޔަފާރީގެ ދާއިރާގައި ހުރި ކުރިއެރުންތަކާ ކާމިޔާބީގެ އަގުވަޒަންކޮށް ވާދަވެރިކަމުގެ ރޫހު ކުރިއެރުވުން
  • ވިޔަފާރި ކުރިއެރުވުމާ އަދި ވިޔަފާރީގައި ތައާރަފްކުރާ އާ ކަންތައްތަކުގެ އަގުވަޒަން ކުރުން
  • ވިޔަފާރީގެ އެކިއެކި ދާއިރާތަކުން ހޯދާ ކާމިޔާބީގެ އަގުވަޒަން ކުރުން
  • ވިޔަފާރިތަކާއި ކުންފުނިތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރުދުންގެ ކުރިއެރުންތައް ދެނެގަނެ އަގު ވަޒަން ކުރުން

ކުރިމަތިލުމުގެ ޝަތުރުތައް

  • ރާއްޖޭގައި ރެޖިސްޓްރީވެ ވިޔަފާރި ކުރެވެމުންދާ ކުންފުންޏެއް ކަމުގައިވުން
  • 2019 ވަނަ އަހަރުގެ ދެވަނަ ކްއާޓަރާ ހަމައަށް ކުންފުންޏަށް ދެއަހަރު ނުވަތަ އެއަށްވުރެ ގިނަދުވަސް ވެފައިވުން
  • މި ޝަރުތުން އިސްތިސްނާ ވަނީ "ސްޓާޓްޕް އޮފް ދަ އިޔާ" އެވޯޑަށް ވާދަކުރާ ކުންފުނިތައް އެކަނި
  • ކުންފުނީގެ ސައްހަ މާލީ ފައިދާ 2018 އަހަރީ ޙިސާބުތަކުން އަންދާޒާ ކުރާއިރު 50،000ރ. އަށްވުރެ މަތިވުން
  • ކުންފުނީގެ ވެރިފަރާތަކީ އެކަކު ނަމަ "ގްރޫޕް ޕްރޮފޯމާ ކޮންސޮލިޑޭޓެޑް އެކައުންޓް" ބަލައިގަނެވޭނެ
  • ކުންފުނި ނުވަތަ ގްރޫޕްގެ ދަށުން ހިނގާ ވިޔަފާރިއަކީ އެންމެ ނުވަތަ އެއްޒާތެއްގެ ވިޔަފާރި ކަމުގައިވުން
  • މާލީ ހާލަތުގެ މައްޗަށް މާކުސް ދިނުމުގައި ބަލާނީ 2018 ފުރަތަމަ ކުއާޓަރުން ފެށިގެން 2019 ގެ ދެވަނަ ކުއާޓަރާ ހަމައަށް

މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ޖަޖު ކުރާނީ ފަސް ބޭފުޅުންގެ ޕެނަލަކުންނެވެ. މި އެވޯޑަށް ކުރިމަތިލުުމުގެ ސުންގަޑި މާދަމާ ހަމަވާނެ އެވެ.