ހަބަރު

ރާއްޖޭގައި ވިޔަފާރި ފުޅާކުރުމަށް ޖަޕާނުގެ ކުންފުންޏަކާއެކު މަޝްވަރާކޮށްފި

Oct 23, 2019
ރައީސް ސޯލިހު މިއަދު ޖަޕާނުގެ ޔަމާކީ ކޯ ލިމިޓެޑްގެ އޮފިޝަލުންނާ ބައްދަލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޖަޕާނުގެ ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް ޔޮޝިހިރޯއާ ބައްދަލު ކުރައްވާ މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރު ކުރުމާ ބެހޭ ގޮތުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

އައްޑޫގައި ހުންނަ "ޔުއާ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް" އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫގައި ހުންނަ މި ފެކްޓްރީން "ކަޓުސުއޮބުޝި" އުފައްދަން ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ޔަމާކީ ކޯ ލިމިޓެޑްގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވި ދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އަދި ރައީސް ވަނީ ޔަމަކީން އައްޑޫގައި ޤާއިމު ކޮށްފައިވާ ފެކްޓްރީގައި "ކަޓުސުއޮބުޝި" އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަ ކުރައްވާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910