މަސްވެރިން

ތަޖުރިބާގެ ދަތުރެއްގައި ދިވެހި މަސްވެރިން ޖަޕާނަށް

ޖަޕާނަށް ދިޔަ ދިވެހި މަސްވެރިންގެ ޓީމު
0%
0%
0%

ދިވެހި މަސްވެރިންގެ ބަޔަކު ތަޖުރިބާއާއި ތަމްރީން ހޯދުމުގެ ދަތުރެއްގައި ޖަޕާނަށް ގޮސްފި އެވެ.

މިއީ ރާއްޖޭގެ ފިޝަރީޒް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއި ގުޅިގެން ކުރިއަށް ގެންދާ "ދަ ޕްރޮޖެކްޓް އޮފް ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ" ޕްރޮޖެކްޓްގެ ދަށުން ދިވެހި މަސްވެރިން ކުރާ ދަތުރެކެވެ.

މިދަތުރުތަކުގައި ޖަޕާން މަސްވެރިން މަހުގެ ކޮލިޓީ ހިފެހެއްޓުމަށް ކުރާ މަސައްކަތާއި، ދޯނީގައި ގިނައިރު އެން ގެންގުޅޭ ގޮތާއި، މަސް ވިއްކުމުގައި އަމަލުކުރާ ގޮތް ދިވެހި މަސްވެރިން ބަލައި ތަޖުރިބާކުރާނެ އެވެ.

ތަޖުރިބާގެ ދަތުރެއްގައި 20 ދުވަހަށް ޖަޕާނަށް ދިޔަ މަސްވެރިންގެ ޓީމުގައި ހިމެނެނީ ގއ. އދ. އަދި ބ. އަތޮޅުގެ ދޯނިތަކުގެ މަސްވެރިންނެވެ.

ދަ ޕްރޮޖެކްޓް އޮފް ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓާ ޕްރޮޖެކްޓަކީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތު ނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑު މަހުގެ ކޮލިޓީ މިހާރަށް ވުރެ ރަނގަޅު ކުރުމަށާއި، އެންވެރިކަމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ގޮތްތައް ބުނެދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910