ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްވެރިންގެ ދަފްތަރުގައި 50 ޕަސަންޓް އުޅަނދު ރަޖިސްޓަރީކޮށްފި

މަސްވެރިންތަކެއް މަސްބާނަނީ --ފޮޓޯ:އަވަސް
0%
0%
0%

މަސްވެރިންގެ ދަފްތަރުގައި މިހާތަނަށް 50 ޕަސަންޓަށް ވުރެ ގިނަ މަސްވެރި އުޅަނދުތައް ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ފިޝަރީޒު މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިސްޓްރީން ބުނީ މަސްވެރިކަމާ ބެހޭ އުޅަނދުތައް ދަފްތަރު ކުރުމަށްޓަކާ ރާއްޖޭގެ އެކި އަަތޮޅުތަކަށް އެ މިނިސްޓްރީގެ ޓީމުތައް ދަތުރު ކޮށްފައިވާ ކަމަށެވެ. އެގޮތުން 11 އަތޮޅަކަށް މިނިސްޓްރީގެ ޓީމުތައް ޒިޔާރަތްކޮށްފައިވެ އެވެ.

މިނިސްޓްރީގެ ޓީމުތައް ޒިޔާރަތް ކުރި އަތޮޅުތައް:

  • އައްޑޫ ސިޓީ
  • ފުވައްމުލައް
  • ގދ. އަތޮޅު
  • ގއ. އަތޮޅު
  • ލ. އަތޮޅު
  • ފ. އަތޮޅު
  • ކ. އަތޮޅު
  • ބ. އަތޮޅު
  • ށ. އަތޮޅު
  • ހދ. އަތޮޅު
  • ހއ. އަތޮޅު

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މަސްވެރިންގެ ދަފުތަރެއް އޮތުމަކީ މިދާއިރާގައި އުޅޭ ބިދޭސީންގެ ފަރާތުން ރާއްޖެއިން ބޭރަށްދާ ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށް މަގުފަހި ކުރުވޭނެ ކަމެކެވެ.

މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަކީ ރައީސް މުއިއްޒުގެ ރިއާސީ ވައުދެކެވެ. އެގޮތުން ފެށި މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910