މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް 78 ކައުންސިލަކުން ގޮވާލައިފި

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށްފައިވާތީ އެ ރިޕޯޓް ކުށްވެރިކޮށް، އެމްޑީއެންއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލި ކައުންސިލްތަކުގެ އަދަދު 78 ކަށް އަރައިފި އެވެ.

އޭގެ ތެރޭގައި ރަށު ކައުންސިލްތަކާއި ބައެއް އަތޮޅު ކައުންސިލްތައް ވެސް ހިމެނެ އެވެ.

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަ ކޮށް އެތައް ވާހަކަތަކެއް ވަނީ ހިމަނާފަ އެވެ.

ކައުންސިލްތަކުން ނެރުނު ބަޔާންތަކުގައިވަނީ އެމްޑީއެންގެ ރިޕޯޓް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އެ ޖަމިއްޔާއަށް ހަރުކަށި ފިޔަވަޅު އެޅުމަށާ ޖަމިއްޔާ އުވާލުމަށް ވެސް ކައުންސިލްތަކުން ވަނީ ގޮވާލާފަ އެވެ.

އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން އެއްވެސް ދީނަކަށް ފުރުސަތު ނެތްކަން އަމަލާ ބަހުން ދެެއްކުމަށް ވެސް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.

އެމްޑީއެން ކުށްވެރި ކުރި ކައުންސިލްތައް

  • ގއ. ގެމަނަފުށީ ކައުންސިލްގެ އިދާރާ
  • ހދ. ނެއްލައިދޫ ކައުންސިލް އިދާރާ
  • ގދ. ދެއްވަދޫ ކައުންސިލްގެ އިދާރާ
  • ގދ. ތިނަދޫ ކައުންސިލްގެ އިދާރާ
  • ރ. ކިނޮޅަހު ކައުންސިލްގެ އިދާރާ
  • ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާ
  • ތ. ހިރިލަންދޫ ކައުންސިލްގެ އިދާރާ
  • ތ. ވޭމަންޑޫ ކައުންސިލްގެ އިދާރާ
  • ކ. ގުރައިދޫ ކައުންސިލްގެ އިދާރާ
  • ކ. ހިމަންފުށީ ކައުންސިލްގެ އިދާރާ
  • ތ. ވަންދޫ ކައުންސިލް އިދާރާ
  • ނ. ލަންދޫ ކައުންސިލްގެ އިދާރާ
  • ހއ. އުލިގަމު ކައުންސިލްގެ އިދާރާ
  • މ. ދިއްގަރު ކައުންސިލްގެ އިދާރާ
  • ހދ. ނައިވާދޫ ކައުންސިލްގެ އިދާރާ
  • ތ. ކިނބިދޫ ކައުންސިލް އިދާރާ
  • ތ. ކަނޑޫދޫ ކައުންސިލް އިދާރާ
  • ރ. އިނގުރައިދޫ ކައުންސިލްގެ އިދާރާ
  • ދ. މީދޫ ކައުންސިލްގެ އިދާރާ
  • ނ. މަނަދޫ ކައުންސިލްގެ އިދާރާ
  • ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާ
  • ރ. މާކުރަތު
  • ހދ. ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
  • ބ. ގޮއިދޫ ކައުންސިލްގެ އިދާރާ
  • ހދ. ނޮޅިވަރަމް
  • ގދ. ފިޔޯރީ ކައުންސިލްގެ އިދާރާ
  • ތ. ދިޔަމިގިލީ ކައުންސިލް
  • ހދ. އަތޮޅު ކައުންސިލްގެ އިދާރާ
  • ބ. ކިހާދޫ ކައުންސިލް އިދާރާ
  • ނ. މާފަރު ކައުންސިލްގެ އިދާރާ
  • ހދ. ކުރިނބި ކައުންސިލްގެ އިދާރާ
  • ހދ. ނޭކުރެންދޫ ކައުންސިލްގެ އިދާރާ
  • މ. މުލަކު ކައުންސިލްގެ އިދާރާ
  • ށ. ފުނަދޫ ކައުންސިލްގެ އިދާރާ
  • ށ. ކަނޑިތީމް ކައުންސިލްގެ އިދާރާ
  • އއ. ބޮޑުފުޅަދޫ ކައުންސިލްގެ އިދާރާ
  • ތ. ބުރުނީ ކައުންސިލްގެ އިދާރާ
  • އދ. ދަނގެތީ ކައުންސިލްގެ އިދާރާ
  • އދ. މާމިގިލި ކައުންސިލްގެ އިދާރާ
  • ތ. ގުރައިދޫ ކައުންސިލްގެ އިދާރާ
  • ތ. ވިލިފުށީ ކައުންސިލްގެ އިދާރާ
  • ށ. ބިލެއްފަހި ކައުންސިލްގެ އިދާރާ
  • ނ. ފޮއްދޫ ކައުންސިލްގެ އިދާރާ
  • ހއ. އުތީމް ކައުންސިލްގެ އިދާރާ
  • އދ. ހަންޏާމީދޫ ކައުންސިލްގެ އިދާރާ
  • ކ. ގާފަރު ކައުންސިލްގެ އިދާރާ
  • ހއ. ބާރަށް ކައުންސިލްގެ އިދާރާ
  • ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
  • ފ. ނިލަންދޫ ކައުންސިލްގެ އިދާރާ
  • ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ
  • ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
  • ށ. ނަރުދޫ ކައުންސިލްގެ އިދާރާ
  • ގއ. ކޮލަމާފުށި ކައުންސިލްގެ އިދާރާ
  • ހއ. ވަށަފަރު ކައުންސިލްގެ އިދާރާ
  • ތ. މަޑިފުށި ކައުންސިލްގެ އިދާރާ
  • ލ. ފޮނަދޫ ކައުންސިލްގެ އިދާރާ
  • ގދ. ގައްދޫ ކައުންސިލްގެ އިދާރާ
  • ގއ. ނިލަންދޫ ކައުންސިލްގެ އިދާރާ
  • ނ. ހެނބަދޫ ކައުންސިލްގެ އިދާރާ
  • ޅ. ނައިފަރު ކައުންސިލްގެ އިދާރާ
  • ބ. މާޅޮސް ކައުންސިލްގެ އިދާރާ
  • ޅ. އޮޅުވެލިފުށި ކައުންސިލްގެ އިދާރާ

މީގެ އިތުރުން އެމްޑީއެންގެ ރިޕޯޓް ކުށްވެރިކޮށް، އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.