ޝަހިންދާ އިސްމާއީލް

ޝަހިންދާ ރާއްޖެ އަންނަން ސަަރުކާރުން އަންގާފައެއް ނެތް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ގެ ފައުންޑާ ޝަހިންދާ އިސްމާއީލް
50%
50%
0%

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) އިން ނެރުނު ލާދީނީ ހައްދު ފަހަނައެޅި ރިޕޯޓާއި ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލާގައި އެ ޖަމިއްޔާގެ ފައުންޑާ ޝަހިންދާ އިސްމާއީލް ރާއްޖެ އަންނަން ސަރުކާރުން އެއްވެސް އިރަކު އަންގާފައި ނުވާ ކަަމަށް އޭނާގެ ބޭބެ އިބްރާހިމްް އިސްމާއީލް (އިބްރާ) ވިދާޅު ވެއްޖެ އެވެ.

އިބްރާ މިހެން ވިދާޅުވިއިރު ލާދީނީ ރިޕޯޓްގެ މައްސަލަ ބަލާކަން ހާމަކޮށް ފުލުހުން ވަނީ ޝަހިންދާ އާއި އަޒްރާ ނަސީމަށް ދެ ހަފުތާގެ ނޯޓިސްއެއް ދިން ކަމަށް ނޮވެންބަރު 2019 ގައި ހާމަ ކޮށްފަ އެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން ފުލުހުން ވަނީ އެ މީހުނަށް ޗިޓް ލިބިފައިވާ ކަމަށާ ރައްކަތެރި މާހައުލެއް ރާއްޖޭގައި ނެތުމުން އަންނަން އުޒުރުވެރިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އާންމުންގެ މީހަކު މިއަދު ކުރި ޓްވީޓަކާއި ގުޅިގެން އިބްރާ ވިދާޅުވީ ޝަހިންދާ އުޅެނީ ފިލައިގެން ކަމެއް އޭނާ ނުދެނަހުރި ކަމަށެވެ. ޝަހިންދާ އުޅޭ ތަނާއި އެޑްރެސް އަދި ފޯން ނަންބަރާއި އީމެއިލް އެޑްރެސް ވެސް ދިވެހި ސަރުކާރަށް އެނގޭނެ ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ ޝަހިންދާ ދިރިއުޅޭ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް އެކި ކަންކަމުގައި ވެސް ޝަހިންދާ ދާ ކަމަށާ އެއް އިރަކު ވެސް އޭނާ ރާއްޖެ އަަންނަން އަންގާފައި ވެސް ނުވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރޭގައި ދީނީ ތިން އިލްމުވެރިންނާއެކު ހެދި އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ނިންމާފަ އެވެ. އެ ނިންމުމާއި ގުޅިގެން އެ ޖަމާއަތް ވަނީ އުވާލާފަ އެވެ. ނަމަވެސް އެ ޖަމާއަތުގެ ހަރަކާތްތައް ހުއްޓިފައެއް ނުވެއެވެ.

މި ސަރުކާރުން އެމްޑީއެންގެ ހަރަކާތްތަކަށް ފުރުސަތު ދޭ ކަމުގެ ބޮޑެތި ތުހުމަތު އޮތްއިރު އެ ޖަމިއްޔާގެ އިސް މަގާމުތައް ފުރި އެތައް ބަޔަކު ސަަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިބިއެވެ. އަދި އެ މީހުންނަށް އަމާޒު ކުރެވޭ ފާޑުކިޔުންތައް ދިިފާއުކޮށް ސަރުކާރުން ގެންދަނީ އެ މީހުންގެ ދިފާއުގައި ވާހަކަ ވެސް ދައްކަމުންނެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އިބުރާ ތަރުޖަމާނު

ޝުކުރިއްޔާ. އަސްލު ގައުމުގެ ތަރުޖަމާނަކީ އިބްރާ. މަބުރޫކު އެއީ ސަރުކާރުގެ ތަރުޖަމާނު. އިބްރަގެ ވާޖިބު އަދާކުރައްވާނެ ކަމަށް އުއްމީދު ކުރަން

ހީހީ

ހާދަދުވަހެއްކޮށްލާފަ!

ސަލް

ރާއްޖެއަށް ނަޖިސް އެތެރެކުރަން އަންގާނެ ކަމެއް ނެތް.

ޞޭބެ

ބަރާބަރު ޝަހިންދާ ބޭބެ! ކަލޭވސް ކަލެއަށް ދޭންވާކަމަށް ނިންމަމުންދާ ފައިސާ ނަގާ !! ކޮންމެ ކަމެއްގައިވެސް މިސަރުކާރުން ރައްޔިތުންނަށް އޮޅުވާލަނީ!! ރައްޔިތު މީހާ ހުންނަން ޖެހޭނީ!! ބަރާބަރު

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345