ހަބަރު

މީރާގެ އެންމެ އިސްވެރިއަކަށް ފަތުހުﷲ އައްޔަންކުރަން ކޮމެޓީން ފާސްކޮށްފި

Oct 24, 2019
1

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފަތުހުﷲ ޖަމީލް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން (ސީޖީޓީ)ގެ މާގަމަށް ފަތުހުﷲ ނުވަތަ ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދު އައްޔަން ކޮށްދެއްވަން އެދިވަޑައިގެން މަޖިލީހަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އެގޮތުން އިގްތިސޯދީ ކޮމިޓީ އިން އެ ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު ނިންމީ ސީޖީޓީގެ މަގާމަށް ފަތުހުﷲ އައްޔަން ކުރުމަށެވެ. އެ ނަން މަޖިިލީހުގެ ތަޅުމަށް ފޮނުވަން ވެސް ނިންމި އެވެ.

ފަތުހުﷲ އަކީ ކުރިން މީރާގެ ސީނިއަ މަގާމުތަކެއް ވެސް ފުރުއްވި ބޭފުޅެކެވެ. އޭނާ 2003 ވަނަ އަހަރު ފުރަތަމަ އަދާކުރެއްވީ މީރާގެ ރެވެނިއު އޮފިސަރުގެ މަގާމެވެ. އޭގެ ފަހުން ސީނިއަ ރެވެނިއު އޮފިސަރު ކަމާއި ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމު ވެސް ފުރުއްވި އެވެ.

މީރާގެ ބޯޑުގައި ހިމެނޭ ޑެޕިއުޓީ ކޮމިޝަނަ ޖެނެރަލް އޮފް ޖެނެރަލްގެ މަގާމަށް އައްޔަން ކުރުމަށް ރައީސް ވަނީ ހަ ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާފަ އެވެ މި ހަ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ހއ. އިހަވަންދޫ، ވައިޖެހޭގެ، އަސްމާ ޝަފީއު އާއި މއ. ވިލާރޮދި، އިސްމާއިލް ސާޖިދުގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ.