ހަބަރު

ޕިންކް ރިބަން ރަން ވޯކް ބާއްވައިފި

Oct 27, 2019
2

ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ނިންމާލައިފި އެވެ.

އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުމުގެ ގޮތުން ބޭއްވި މި ހަރަކާތް، ހުޅުމާލޭގެ އިތުރުން އަތޮޅު ތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ އެވެ. މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމު ކަމާއި، ސިއްޙީ ގިނަ މަޢުލޫމާތު ވެސް އާންމުންނާއި ހިއްސާކޮށްފައި ވެއެވެ. މި ހަރަކާތް އިންތިޒާމް ކުރުމުގައި ބޭންކުގެ 150 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި އެވެ.

އުރަމަތީ ކެންސަރަށް ހޭލުންތެރި ކުރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެ އެވެ. ރާއްޖޭގައި ވެސް އޮކްޓޯބަރު މަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް އާންމުން ހޭލުންތެރި ކުރަން ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، "ޕިންކް ރިބަން ރަން ވޯކް" އަކީ އެންމެ ބޮޑު ހަރަކާތެވެ.

ބީއެމްއެލް އިން ދަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.