ހުސައިން ފިޔާޒު މޫސާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒް އައްޔަން ކޮށްފި

Oct 31, 2019
5

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ އަދި ރާއްޖެ ޓީގެ ސީއީއޯކަން ކުރެއްވި ހުސައިން ފިޔާޒު މޫސާ އައްޔަން ކުރައްވާ މިއަދު ލިޔުން އަރުވައިފި އެވެ. އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފިޔާޒު އައްޔަން ކުރެއްވި އިރު ފިޔާޒަށް މަޖިލީހުން ރުހުން ދީފައި ވަނީ މި މަހުގެ 21 ވަނަ ވަނަ ދުވަހު އެވެ.

މަޖިލީހުގައި ފިޔާޒު އައްޔަން ކުރަން ރުހުން ދޭން ފާސްކޮށްފައި ވަނީ 72 މެންބަރުންގެ ވޯޓުންނެވެ.

މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގްރީއެއް ހާސިލު ކުރައްވާފައިވާ ފިޔާޒު ވަނީ ނޫސްވެރިކަމުގެ ދާއިރާގައި 19 އަހަރު ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. "އާފަތިސް" ނޫހުން ނޫސްވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ފިޔާޒު ވަނީ "މިއަދު" އާއި "ހަވީރު" ނޫހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި
އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވައި ދިނުމެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ކުރިން ހުންނެވީ އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރެވެ. އޭނާގެ ދައުރު ހަމަވީ މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ.