ހަބަރު

190 މިލިއަން ރުފިޔާ ދައުލަތަށް ހޯދަން އޭސީސީން އެންގި

Nov 6, 2019
1

މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި 190 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ނުވަ މަސް ތެރޭގައި ޖުމްލަ 190.6 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އޭސީސީ އިން އެކި އިދާރާތަކަށް އަންގާފައި ވަނީ އެ ކޮމިޝަން އިން ތަހުގީގު ކުރި 16 މައްސަލައެއްގައި ހިމެނޭ ފައިސާ އެވެ. ނަމަވެސް ދައުލަތަށް ހޯދިފައި ވަނީ 78،763 ރުފިޔާ ކަމަށް ވެސް އޭސީސީން ބުންޏެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ތިން ވަނަ ކުއާޓާގައި 1.8 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޕީޖީއަށް ތިން މައްސަލައެއް ފޮނުވި އިރު އެއީ 3.6 މިލިއަން ރުފިޔާގެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.