އޭސީސީ

މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީ އިން ބަލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅުންހުރި މައްސަލަތަކެއް އޭސީސީ އިން ބަލަން ފަށައިފި އެވެ.

އޭސީސީ އިން ބަލަނީ ރިޝްވަތު ހުށަހެޅުމުގެ މައްސަލަތަކަކާއި ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށްފައިވާ މައްސަލަތަކަކާއި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭން ކުރުމާ ގުޅޭ މައްސަލަތަކެކެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މަޖިލިސް އިންތިހާބާ ގުޅުންހުރި މައްސަލަތަކުގެ އަދަދު 10 އަކަށް ވުރެ އިތުރެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭންގައި ކޮރަޕްޝަނާ ގުޅުންހުރި އަމަލެއް ހިންގާނަމަ އެ މައްސަލައެއް ހުށަހެޅުމަށް އޭސީސީ އިން ކުރިން އޮތީ އެދިފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް 21 ވަނަ ދުވަހު އެވެ.