ރައްޔިތުންގެ މަޖިލިސް

އީސީ އާއި އޭސީސީގެ ވެރިން އައްޔަންކުރުމުގެ ބާރު ރައީސްއަށް ލިބޭ އިސްލާހު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބުރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭސީސީގެ ރައީސް އާއި ނައިބުރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.

މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް 69 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މި އިސްލާހު ގެނައުމުގެ ކުރިން އޮތް ގޮތުން އެ ކޮމިޝަންތަކަށް ރައީސަކާއި ނައިބުރައީސަކު އައްޔަންކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ މެންބަރުންނެވެ.

މި ގޮތުން ކޮމިޝަނުގެ ރައީސަކާއި ނައިބުރައީސަކަށް އައްޔަންކުރާ ބަޔަކު އެ މަގާމަށް އައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު އީސީ އާއި އޭސީސީއަށް ރައީސް އާއި ނައިބުރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނުގެ ރައީސަކު ނުވަތަ ނައިބު ރައީސަކު އައްޔަންކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ މީހަކު، ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910