އޭސީސީ

އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދު އައްޔަންކުރަން މަޖިލީހަށް

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އޭސީސީގެ މެންބަރު ކަމަށް އަހުމަދު ނާޝިދު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.

އަހުމަދު ނާޝިދު ވަނީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފަ އެވެ.