ރައްޔިތުންގެ މަޖިލިސް

އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބުރައީސް ކަމަށް އައްޔަންކުރަން ހުށަހެޅުއްވި އަހުމަދު ނާޝިދުގެ ބަދަލުގައި އެ މަގާމަށް އަބްދުﷲ ނާޝިދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

އޭސީސީގެ ނައިބުރައީސް ކަމަށް އަހުމަދު ނަޝީދު އައްޔަންކުރަން ރައީސް މުއިއްޒު ހުށަހެޅުއްވި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށްވެސް ފޮނުވާފަ އެވެ.

ނަމަވެސް ރައީސް މުއިއްޒު ވަނީ އެ ނިންމެވުން ބަދަލު ކުރައްވައި އޭސީސީގެ ނައިބު ރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަންކުރަން މަޖިލީހުން ރުހުން ހޯދުމަށް ފޮނުވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލަ ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އޭސީސީގެ މެންބަރު ކަމަށް އަބްދުﷲ ނާޝިދު އާއި އަހުމަދު ނާޝިދު އައްޔަންކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.