ރައްޔިތުންގެ މަޖިލިސް

އީސީގެ ވެރިންނަށް ރުހުންދީފި

އަބްދުއްރަޙްމާން ސަލާހް ރަޝީދު (ކ) އަދި މުހައްމަދު ޒާހިދު (ވ) އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އާއި ނައިބުރައީސްގެ މަގާމަށް އައްޔަނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަށް މިއަދު ރުހުންދީފި އެވެ.

އީސީގެ ރައީސް ކަމަށް އައްޔަންކުރަން ރައީސް މުއިއްޒު ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރު މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 ގެ ނަމެވެ. އަދި އީސީގެ ނައިބުރައީސްކަމަށް އައްޔަންކުރަން ހުށަހެޅުއްވީ އީސީގެ މެންބަރު އަބްދުއްރަޙްމާން ސަލާހް ރަޝީދު، ކ.ހުރާ، ރޯޒް ގެ ނަމެވެ.

އީސީގެ ރައީސް ކަމަށް މުހައްމަދު ޒާހިދު އައްޔަންކުރަން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ. އަދި އެ ކޮމިޝަންގެ ނައިބުރައީސް ކަމަށް ސަލާހް އައްޔަންކުރަން ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ.

އީސީގެ މެންބަރު ކަމަށް މުހައްމަދު ޒާހިދު އާއި އަބްދުއްރަޙްމާން ސަލާހް ރަޝީދު އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

މުހައްމަދު ޒާހިދު އާއި އަބްދުއްރަހްމާން ސަލާހް އީސީގެ މެންބަރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910