ޑރ. މުހައްމަދު މުއިއްޒު

ފަސާދަކުރުން ހުއްޓުވުމަށް ތެދުވެރި މަސައްކަތެއް ފެށުމަށް ރައީސް އެދިވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ފަސާދަކުރުން ހުއްޓުވުމަށް އަމަލާއި ބަހުން ތެދުވެރި މަސައްކަތެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މުއިއްޒު މިކަމަށް އެދިވަޑައިގަތީ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެ ޕޯސްޓްގައި ރައީސް މުއިއްޒު ވަނީ ކޮރަޕްޝަނަށް މަގު ފަހިވެދާނެ ކަމަކަށް ނޭދުމަށާއި އެފަދަ ހުށަހެޅުމެއް ގަބޫލުވެސް ނުކުރުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން ފަސާދަކުރުން ހުއްޓުވުމަށް އަމަލާއި ބަހުން ތެދުވެރި މަސައްކަތެއް ކުރުމަށް ފެށުމަށް އެދިވަޑައިގެންނެވި އެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު ނުވަ ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަގުވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345