ބޮލީވުޑް

"ސްޓާ ވޯޒް"ގެ އޮޑިޝަނަށް ރާދިކާ!

އަލަށް އުފައްދަން އުޅޭ ޖޭމްސް ބޮންޑް ފިލްމާއި "ސްޓާ ވޯޒް" ފިލްމުގެ އޮޑިޝަންގައި ބައިވެރިވުމުގެ ދައުވަތު ހިންދީ ފިލްމީ ބަތަލާ ރާދިކާ އަޕްޓޭ އަށް ލިބިފައިވާ ކަމަށް އޭނާ ބުނެފި އެވެ.

ވަރަށް ގިނަ ފިލްމުތަކާއި އިޝްތިހާޜުތައް ކުޅެ ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދާފައިވާ ރާދިކާ އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާއަށް އޮޑިޝަން ކޯލްތައް ލިބުމުން ގޭގައި ރެކޯޑްކޮށްފައި މިހާރު ފޮނުވާފައިވާ ކަމަށެވެ.

ރާދިކާ ބުނި ގޮތުގައި އޭނާ ކަހަލަ ބަތަލާއަކަށް ފުރުސަތު ދޭން ހޮލީވުޑުން ވިސްނާ ކަމީ ވެސް ވަރަށް ރަނގަޅު ޚަބަރެކެވެ.

ރާދިކާ އަކީ ވަރަށް ތަފާތު މައުލޫތަކުގެ ފިލްމުތައް ކުޅެން ޝާއުގުވެރިވާ ބަތަލާ އެކެވެ. އޭނާ އެންމެ ފަހުން ކުޅުނު "އަންދާދުން" އާއި "ޕެޑްމޭން" ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވެ އެވެ. އަދި އެމީ އެވޯޑަށް ވެސް އޭނާގެ ފިލްމެއް ނޮމިނޭޓް ވިއެވެ.

ރާދިކާ ކުޅޭ ފިލްމުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ރިލީޒް ކުރާނީ ނަވާޒުއްދީން ސިއްދީގީއާއެކު އޭނާ ކުޅޭ "ރާތު އަކޭލީ ހޭ" އެވެ. މި ފިލްމުގެ ފުރަތަމަ ޝެޑިއުލް މިހާރު ވަނީ ނިމިފަ އެވެ.

ހޮލީވުޑްގެ މި ފިލްމުތަކުން ރާދިކާ އަށް ރޯލެއް ލިބި ދާނެ ކަމުގެ އުންމީދުގައި އޭނާގެ ފޭނުން މިހާރު ތިބީ ކެތްތެރިކަމެއް ނެތި އިންތިޒާރު ގައެވެ. މީގެން ކޮންމެވެސް އެއް ފިލްމަކުން ފުރުސަތު ލިބުނަސް އެ ވާނީ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.