ހަބަރު

ޔޫޕީއާރު ސެޝަންގައި ރާއްޖެ ބައިވެރިވެއްޖެ

Nov 15, 2019

ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ 34 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި މި މަހުގެ ހަތަރަކުން 15 އަށް ކުރިއަށް ދިޔަ 34 ވަނަ ސެޝަންގައި ރިވިއު ކުރި 10 ގައުމާއި ބެހޭ ގޮތުން ރާއްޖެއިން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މިފަހަރު ރިވިއު ކުރި 10 ގައުމަކީ އިޓަލީ އާއި އެލްސެލްވަޑޯ އާއި ގެމްބިއާ އާއި ބޮލީވިއާ އާއި ފިޖީ އާއި އިރާގާ ސްލޮވީނިއާ އާއި މިސްރު އަދި ބޮސްނިއާ އެންޑް ހެޒްގޮވީނާ އެވެ.

ރާއްޖޭގެ ފަރާތުން ސެޝަންގައި ބައިވެރިވެވަޑައިގަތީ ޖެނީވާގައި ހުންނަ އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ހާލާ ހަމީދާއި ދާއިމީ މަންދޫބުގެ ނައިބު ހައުލާ އަހުމަދު ދީދީ އާއި، ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ފަސްޓް ސެކްރެޓަރީ ޝާޔާ އަލިމަނިކެވެ.

ޔުނިވާސަލް ޕީރިއަޑިކް ރިވިއުއަކީ އދ. ގެ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަންނަ ނިޒާމެކެވެ.