ދުނިޔެ

އުތުރު ކޮރެއާއަށް އެކަނި ނިއުކިލިއާ ނައްތާ ނުލެވޭނެ: ޓްރަމްޕު

Nov 18, 2019

އުތުރު ކޮރެއާއިން ގައުމުތަކަށް ބިރު ދައްކަން ވެގެން ތައްޔާރު ކޮށްފައިވާ ނިއުކްލިއާ ހަތިޔާރުތަށް ނައްތާލަން އެއްބަސްވި ނަމަވެސް އުތުރު ކޮރެެއާއަށް އެކަން އެކަނި ނުކުރެވޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ. ޓްރަމްޕު ވިދާޅުވީ، އުތުރު ކޮރެއާއެކީ ސިއްރިޔާތުގައި ވެސް ނިއުކިލިއާ ހަކަތަ އުފައްދާ ގައުމެއް ކަމަށް ތުހުމަތު ކުރެވޭތީ އުތުރު ކޮރެއާއިން އެމީހުންގެ ހަތިޔާރުތަށް ނައްތާލަން ޖެހޭނީ ބައިނަލްއަގްްވާމީ މުޖްތަމައުގެ ކުރިމަތީގައި ކަމަށެވެ.

މި މަހު ދެ ފަހަރެއްގެ މަތިން ޓްރަމްޕު ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޯންއުންގާއެކު ނިއުކިލިއާ ހަކަތަ ނަތްތާލުމާ ބެހޭގޮތުން މަޝްވަރާ ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ދެ ދެ ފަހަރު ވެސް އުތުރު ކޮރެއާއިން އެކަމަށް އިޖާބަށް ނުދިނުމުން ޓްރަމްޕު ވަނީ ތިން ވަނަ ފަހަރަށް އުތުރު ކޮރެއާއެކު ނިއުކިލިއާ މަޝްވަރާއަކަށް ދިޔުމަށް ދައުވަތުދީފަ އެވެ.

މިފަހަރު މަޝްވަރާއަށް ދައުވަތު ދެއްވަމުން ޓްރަމްޕު ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކިލިއާ ހަތިޔާރުތަށް އުފައްދަނީ އެގައުމުގެ ސަލާމަތަށާއި ދުނިޔޭގެ ބާރަކަށް ވުމުގެ ބޭނުމުގައި ކަމަށެވެ. ޓްރަމްޕު ވިދާޅުވީ، އުތުރު ކޮރެއާއިން ނިއުކިލިއާ ހަތިޔާރުތަށް ނައްތާލައިފިނަމަ އުތުރު ކޮރެއާ ބޭނުންވާ ގޮތަށް އެގައުމުގެ އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ދުނިޔޭގެ ބަސްވިކޭ ގައުމަކަށް ހަދައިދޭނެ ކަމަށެވެ.

"އުތުރު ކޮރެއާއިން ވަރަށް ގިނަ ކަންތައް ހާސިލްކުރަން ބޭނުންވޭ، އުތުރު ކޮރެއާއިން އެކަންތަށް ހާސިލް ކުރަން ހިފާފައިވަނީ ދުނިޔެއާ އެކަހެރިވާގޮތަށް، އެމެރިކާއާ ގުޅިގެން ކުރިއަށްދާނަމަ އުތުރު ކޮރެއާ އެ ވަކާލާތުކުރާ ގޮތްތަށް ހަމަޖެހިގެންދާނެ" ޓްރަމްޕު ވިދާޅުވި އެވެ.

އެމެރިކާގެ މި ހުށަހެޅުމަށް އުތުރު ކޮރެއާއިން ޖަވާބެއް ދީފައިނުވެ އެވެ. މިމަސް ތެރޭގައި ވެސް އުތުރު ކޮރެއާއިން ވަނީ އެމެރިކާއިން މަނާކޮށްފައިވާ އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާވާ މިސައިލެއް ޓެސްޓެއް ކޮށްފަ އެވެ. މީގެ އިތުރުން އެމެރިކާއިން ދެކުނު ކޮރެއާގައި ކުރިއަށް ގެންދަން އުޅޭ އަސްކަރީ ތަމްރީނުތަށް ޗައިނާއާ ގުޅިގެން ހުއްޓުވުމަށް ވެސް އުތުރު ކޮރެއާއިން ދަނީ މަސައްކަތް ކުރަމުންނެވެ

އެހެންކަމުން އެމެރިކާގެ ހުށަހެޅުމާ އެއްގޮތަށް އުތުރު ކޮރެއާއިން އެއްބަސްނުވާނެ ކަމަށް ލަފާކުރެވެ އެވެ.