ހަބަރު

ގެއެއްގެ ހަތަރުވަނަ ބުރިން ނުކުޅެދޭ ކުއްޖަކު ވެއްޓިއްޖެ

Nov 20, 2019
4

ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ކުއްޖަކު ގެއެެއްގެ ހަތަރުވަނަ ބުރިން ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ފަސް އަހަރުގެ އެ ފިރިހެން ކުއްޖާ ވެއްޓިފައި ވަނީ ހެންވޭރު ވައިޖެހޭ މަގުގައި ހުންނަ ގެއަކުން ކަމަށައި އެ ހާދިސާ އައީ މިއަދު މެންދުރު 12:30 އެހާކަންހާއިރު ކަމަށެވެ.

ވެއްޓުނު ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނީ އެ ކުއްޖާއަށް ފަރުވާ ދެމުން ގެންދާ ކަމަށާއި އިތުރު މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ.