ވިޔަފާރި

ދިރާގު ބްރޯޑްބޭންޑް ހިދުމަތަށް ބުރޫ އަރައިފި

Dec 1, 2019
3

ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށް، އެ ކުންފުނިން މިއަދު ބުނެފި އެވެ.

ދިރާގުން ބުނީ ބްރޯޑްބޭންޑުގެ ހިދުމަތަށް ކުރިމަތިވި ކުއްލި މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި މައްސަލަ ހައްލުކުރެވެންދެން ބައެއް ކަސްޓަމަރުންނަށް ހިދުމަތް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި އެކަމަށްޓަކައި ކަސްޓަމަރުންގެ ކިބައިން ދިރާގުން ވަނީ މައާފަށް އެދިފަ އެވެ.

ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފައިބާ ބްރޯޑްބޭންޑް ހިދުމަތް ދެމުން އަންނަ ދިރާގުން އަންނަނީ މިހާތަނަށް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް އެ ހިދުމަތް ފޯރުކޮށްދެމުންނެވެ.