ހަބަރު

ދިރާގުގެ "ގާލްސް ޓު ކޯޑް" ނިންމާލައިފި

ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކުގައި ފެށި "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު -- ފޮޓޯ: ދިރާގު
0%
0%
0%

ދިރާގާއި ވިމެން އިންޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކުގައި ފެށި "ގާލްސް ޓް ކޯޑް" ޕްރޮގްރާމް ނިންމާލައިފި އެވެ.

"ގާލްސް ޓް ކޯޑް" ޕްރޮގްރާމް ނިންމުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ.

ޕްރޮގްރާމް ނިންމައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވާއިރު ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރުކުރި ވެބްސައިޓަތަކުގެ ތެރެއިން އެންމެ މޮޅު ތިން ވެބްސައިޓް ފާހަގަކޮށް، އިނާމާއި ސެކްޓްފިކެޓް ދިނެވެ.

މި ޕްރޮގްރާމަކީ ކޯޑްކުރަން އަންހެން ކުދިންނަށް ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރަން ހިތްވަރުދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕް ކުރަން ދަސްކޮށްދެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910