ހަބަރު

މޫސުމާ ބެހޭ ކޮންފެރެންސްގައި ބައިވެރިވާން މިނިސްޓަރު ސްޕެއިނަށް

Dec 9, 2019

އދ. ގެ މޫސުމާ ބެހޭ ކޮންފަރެންސް (ކޮޕް 25) ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ސްޕެއިނަށް ރޭ ފުރާވަޑައިގެންފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި ސްޕެއިންގެ ވެރިރަށް މެޑްރިޑްގައި ކުރިއަށްދާ ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފަރާތުން މިނިސްޓަރު ވަކާލާތު ކުރައްވާނެ އެވެ.

އެ ގޮތުން ރާއްޖެއަކީ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ކުޑަ ގައުމަކަށް ވުމުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތައް ހުރިކަމާއި އޭގެ މުހިއްމު ކަން ހާމަކޮށް ޖައްވަށް ބޭރުވާ ވިހަ ގަސް ބޭރުންކުރުން މަދުކުރުމަށް ބޭރު ގައުމުތަކުން އެއްބާރުލުން ހޯދުމަށް ވެސް މިނިސްޓަރު ގޮވާލައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި މަހުގެ ދެވަނަ ދުވަހުން ފެށިގެން 13 ދުވަހާ ހަމައަށް ކުރިއަށްދާ ދުނިޔޭގެ މޫސުމާ ބެހޭ މި ބޮޑު ބައްދަލުވުމުގައި 200 ގައުމަކުން ޖުމްލަ 25000 މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ.