ހޮޅުދޫ

ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަަސައްކަތް ނިންމާލައިފި

ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާ އެރަށު ކައުންސިލާއި ހަވާލުކުރަނީ -- ފޮޓޯ: އެންވައިރަމެންޓް މިނިސްޓްރީ
0%
0%
0%

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައި ހޮޅުދޫ ކައުންސިލާއި ހަވާލުކޮށްފި އެވެ.

މި ނިޒާމު ނިންމާ ރަސމީކޮށް ހަވާލު ކޮށްދެއްވީ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ހޮޅުދޫ ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނާއި އުދަ އެރުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް ކުޑަކުރުން ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ ލިމިޓެޑުންނެވެ. މިމަސައްކަތް ކުރަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ ޖުލައި، 2019 ގައެވެ.

ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށް 7.3 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345